ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 03:25
ޗައިނާގެ ރައީސް ޝީ ޖިންޕިން
ޗައިނާގެ ރައީސް ޝީ ޖިންޕިން
ރޮއިޓަރސް
ޗައިނާ، އޮސްޓްރޭލިއާ ގުޅުން
ޗައިނާ، އޮސްޓްރޭލިއާ ގުޅުމަށް ހީނަރުކަމެއް!
އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިން ވަނީ ޗައިނާ ތަރުޖަމާނުގެ ޓްވީޓު ކުށްވެރިކޮށްފައި
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރޯސަން ވަނީ އޮސްޓްރޭލިއާ ސިފައިންގެ މީހާގެ އަމަލުތަކަށް މާފަށް އެދިފައި

ޗައިނާ އަދި އޮސްޓްރޭލިއާގެ ގުޅުން ހީނަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާ އަދި އޮސްޓްރޭލިއާގެ ގުޅުން ހީނަރުވެފައިވަނީ ޗައިނާ ސަރުކާރުގެ ތަރުޖަމާނު އޮސްޓްރޭލިއާ ސިފައިންގެ މީހެއް އަފްގާނިސްތާނު ކުޑަ ކުއްޖެގެ ކަރުގައި ވަޅި ޖައްސާފައިވަނިކޮށް ނަގާފައިވާ ފޮޓޯ އެއް ޓްވީޓުކުރި ހިސާބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ ސަރުކާރުގެ ތަރުޖަމާނު ކުރި ޓްވީޓުގައި ވިދާޅުވީ އޮސްޓްރޭލިއާ ސިފައިންގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ ޓެރެރިޒަމްއަށް ބާރުދޭފަދަ އަމަލެއް ކަމަށް ބުނެފައެވެ. ޗައިނާ ތަރުޖަމާނުގެ މި ޓްވީޓަށް ފްރާންސްގެ އިސް އޮފިޝަލުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ތަރުޖަމާނު މި ޓްވީޓު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރޯސަން ވަނީ އޮސްޓްރޭލިއާ ސިފައިންގެ މީހާގެ އަމަލުތަކަށް މާފަށް އެދޭކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިން ވަނީ ޗައިނާ ތަރުޖަމާނުގެ ޓްވީޓު ކުށްވެރިކޮށް ކުރިޔަށް އޮތް ތަނުގައި ޗައިނާގެ ސިފައިން ސިންޖާން މުސްލިމުންނަށް ކުރާ އަނިޔާގެ ފޮޓޯ އަދި ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް