ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 19:16
އެއަރ ފްރާންސްގެ ފްލައިޓެއް، މީއީ ފަސިންޖަރުންގެ އިތުބާރު ހޯދައިފައިވާ އެއަރލައިން އެއް
އެއަރ ފްރާންސްގެ ފްލައިޓެއް، މީއީ ފަސިންޖަރުންގެ އިތުބާރު ހޯދައިފައިވާ އެއަރލައިން އެއް
ރޮއިޓަރސް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
އެއަރ ފްރާންސްގެ ދަތުރުތައް މި މަހު 19 ގައި ރާއްޖެއަށް ފަށަނީ
 
އެއަރ ފްރާންސް އެއަރލައިނަކީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންގެ އިތުބާރު ލިބިފައިވާ އެއަރލައިނެއް
 
އެއަރ ފްރާންސްއިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި

އެއަރ ފްރާންސްގެ ދަތުރުތައް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ އެއަރ ފްރާންސްގެ ދަތުރުތައް އަލުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާއިރު، އެއަރ ފްރާންސްއިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެއަރ ފްރާންސްގެ ފުރަތަމަ ފްލައިޓް މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

އެއަރ ފްރާންސް އެއަރލައިނަކީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުންގެ އިތުބާރު ލިބިފައިވާ އެއަރލައިނެކެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މި އެއަރ ލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މެދު ކަނޑާލުމަށްފަހު ފަށާ މިއީ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވުމާއި ގުޅިގެން ގިނަ އެއަރލައިންތަކުން ދަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.

ކުރިއަށް އޮތްތަނުގައިވެސް ގިނަ އަދަދެއްގެ އެއަރލައިންތަކުން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭއިރު، މިހާރުވެސް ރާއްޖެއަށް 19 އެއަރލައިނަކުން ދަތުރުކުރެ އެވެ. އަދި މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 10 ވަރަކަށް އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާނެ ކަމަށާއި އަންނަ ފެބްރުއަރީ މަހާ ހިސާބަށް އިތުރު 13 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް