ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 11:20
އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުން
އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުން
ރާއްޖެ އެމްވީ
ފަތުރުވެރިކަން ކުރިއެރުން
އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް
މި އަހަރަށް ސަރުކާރުން ޓާގެޓްކޮށްފައިވަނީ ފަސް ލައްކަ ފަތުރުވެރިންނަށް
އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ ފަސް ލައްކަ ފަތުުރުވެރިން ހަމަވާނީ ޑިސެމްބަރ 25ގެ ފަހުން ކަމަށް
އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން

2020 ވަނަ އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މި އަހަރަށް ސަރުކާރުން ޓާގެޓްކޮށްފައިވަނީ ފަސް ލައްކަ ފަތުރުވެރިންނަށެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ސަރުކާރުން ކަނޑައެޅި ޓާގެޓެކެވެ. އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ ފަސް ލައްކަ ފަތުުރުވެރިން ހަމަވާނީ ޑިސެމްބަރ 25ގެ ފަހުން ކަމަށެވެ. ނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެ، ސަރުކާރުން ކަނޑައެޅި ޓާގެޓަށް ވާސިލްވެވިފައިމިވަނީ ކުރިން ލަފާކުރެވުނު މުއްދަތަށްވުރެ ކުރިންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖެ އައި ފަސް ލައްކަ ފަތުރުވެރިޔާ އަކީ ޖަރުމަނުވިލާތައް ނިސްބަތްވާ ކްރިސްޓިން މެޑާލީންއެވެ.

އޭނާއާއި އޭނާގެ ބައިވެރިޔާ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެއްގައި ރާއްޖެ އައިސްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:26 ގައެވެ.

އެ ދެމީހުންނަށްވެސް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މި ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުުޅިގެންނެވެ. އެގޮތުން އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރިއު ސްޓުވަރޓް، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު އިބްރާހިމް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނައުޝާދު މުހައްމަދު، އިމިގްރޭޝާން ކޮންޓްރާލާގެ ޑެޕިއުޓީ އިބްރާހިމް އަޝްރަފް ވަނީ ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް ހާއްސަ ހަދިޔާތަކެއް އަރުވާފައެވެ.

މީގެ އިތުރުން، ކޮކޯ ބޮޑު ހިތި ރިސޯޓް އަދި އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝޫރަންސް އިން ވެސް ވަނީ ރާއްޖޭގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާއަށް ހާއްސަ ހަދިޔާތަކެއް ދީފައެވެ.

އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އެއް ލައްކައިން މައްޗަށް އަރާފައެވެ.

- ކޮމެންޓް