ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 12:49
ބަހްރައިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާ
ބަހްރައިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާ
އޭއެފްޕީ
ކޮވިޑްގެ ވެކްސިން ޖެހުން
ބަހްރައިންގެ ރަސްގެފާނު ކޮވިޑް-19ގެ ވެކްސިން ޖަހައިފި
ބަލިމަޑުކަމުން އަރައިގަތުމަށް ރައްޔިތުން އެކަމުގައި މަސައްކަތްކޮށްފައިވޭ
މިކަމުން ދައްކުވައިދިނީ ރައްޔިތުންގެ އެއްބައިވަންތަކާއި، ހޭލުންތެރިކަން
ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ

ބަހްރައިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާ ކޮވިޑް-19ގެ ވެކްސިން ޖަހައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަސްގެފާނު އެންމެ ފުރަތަމަ ވެކްސިން ޖެހީ، ވެކްސިންއަކީ ސަލާމަތްތެރި އެއްޗެއްކަން ރައްޔިތުންނަށް ޔަގީންކޮށްދިނުމަށް ކަމަށެވެ.

ރަސްގެފާނު ވެކްސިން ނެންގެވުމަށްފަހު ވިދާޅުވީ އެގައުމުގެ ރައްޔިތުން ކޮވިޑް-19ށް ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އެންގި އެންގުންތަކަށް ވަރަށް ރަނގަޅަށް ބޯލަބައި އަމަލުކޮށްފައިވާ ކަމަށާއި، މިބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދިނީ ރައްޔިތުންގެ އެއްބައިވަންތަކާއި، ހޭލުންތެރިކަން ކަމަށެވެ.

ބަހްރައިންގެ ސަރުކާރު ހިންގާ ނިއުސް އެޖެންސީއިން ބުނީ ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ.

ބަހްރައިން އިން މީގެ ހަފްތާއެއް ކުރިން ވަނީ ފައިޒާ ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. އިނގިރޭސިވިލާތުގެ އިތުރުން ދެވަނައަށް އެމެޖެންސީކޮށް ވެކްސިން ދިނުމުގެ ހުއްދަ ދިން ގައުމަކީ ބަހްރައިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް