ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 07:06
އެމްއެސްސީ ކޭބަލް ހުޅުމާލެ އާއި ގުޅާލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އެމްއެސްސީ ކޭބަލް ހުޅުމާލެ އާއި ގުޅާލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އުރީދޫ
މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް
"މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް" ސްރީ ލަންކާއިން ހުޅުމާލެއާއި ގުޅާލައިފި
 
22 މިލިއަން ޑޮލަރގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއިއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ
 
އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ޚިދުމަތްތައްވެސް ދަނީ ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލުކުރަމުން
 
އެމްއެސްސީ ގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު ކުރީ ކޮޅު

މޯލްޑިވްސް – ސްރީ ލަންކާ ކޭބަލް (އެމްއެސްސީ) ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ލޭންޑިންގް ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލައިފި ކަމަށް އޫރިދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އޫރިދޫ މޯލްޑިވްސްއިން ބުނީ ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ އަކީ ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ކޭބަލްއެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓަރ އާއި ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީ ގެ އަމަލީ މަސައްކަތް މިއަހަރު ކުރީކޮޅު ވަނީ ފަށާފައެވެ. ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑި އާއި އެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އަދި ދިރާގުން ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ. އަދި އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމީ ޔަގީންކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކް އާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއި އެކު އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ޚިދުމަތްތައްވެސް ދަނީ ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލުކުރަމުންނެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން ވަނީ އިހުނަށްވުރެ އިތުރުވެފައެވެ. 22 މިލިއަން ޑޮލަރގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއިއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ ގައުމުގެ މުޖުތަމައު އަދި އިގްތިސާދު ކުރިއާރާދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް