ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 15:17
އެމިރޭޓްސް ފްލައިޓެއް ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
އެމިރޭޓްސް ފްލައިޓެއް ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
ރައީސް އޮފީސް
އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް
އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި
 
ކަސްޓަމަރުންގެ ޑިމާންޑް އަންނަނީ ބޮޑުވަމުން
 
އިއްތިހާދު އަދި ގަތަރު އެއާވޭސް އިން ވެސް ދަތުރުތައް އިތުރުކޮށްފައިވޭ
 
މިމަހުގެ 11 އިން ފެށިގެން އެމިރޭޓްސް އިން ރާއްޖަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވޭ

އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓު ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ މިމަހުގެ 11 އިން ފެށިގެން އެމިރޭޓްސް އިން ރާއްޖަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެމެރޭޓްސްއިން ވަނީ ދުވާލަކު ރާއްޖެއަށް ތިން ދަތުރު ކުރުމަށް ނިންމާފައިވާއިރު، މިއެއަރލައިންއަކީ ރާއްޖެއާ ބޭރުގެ އެކި މަންޒިލްތަކަށް ދަތުރުތައް ކުރަމުންދާ އެއަރލައިން އެކެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާއިރު، މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ، އިއްތިހާދު އަދި ގަތަރު އެއާވޭސް އިން އެއެއަރލައިންގެ ކަސްޓަމަރުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ފެށިފައިވާ އިރު، މިހާރުވެސް ގިނަ އެއަރލައިންތަކަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް