ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 12:07
ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން (ބީއައިއޭ) އިން އިންތިޒާާމުކުރި ވޯލްޑް އެކްސްޕޯއަށް ދުބާއީ ތައްޔާރުވެފައި
ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން (ބީއައިއޭ) އިން އިންތިޒާާމުކުރި ވޯލްޑް އެކްސްޕޯއަށް ދުބާއީ ތައްޔާރުވެފައި
ގޫގުލް
ވޯލްޑް އެކްސްޕޯ 2021
އަންނަ އަހަރުގެ ވޯލްޑް އެކްސްޕޯއަށް ރާއްޖެ ތައްޔާރު، ސްޕޮންސަރުން ފުރުސަތު ހުޅުވާލައިފި
 
ޔުނައިޓަޑް އެރެބް އެމިރޭޓްސް އިން ވަނީ ދިވެހިރާއްޖެއަށް މި އެކްސްޕޯގައި ބައިވެރިވުމަށް ދައުވަތު ދީފަ
 
މި އެކްސްޕޯއަކީ ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ އެކްސްޕޯއެއް
 
މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން 2022 އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް

ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން (ބީއައިއޭ) އިން އިންތިޒާާމުކޮށްގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް އެކްސްޕޯއަށް ރާއްޖެއިން ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނެފިއެވެ.

ހަ މަސް ދުވަހު މުއްދަތަށް ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން, 2022 އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ ވޯލްޑް އެކްސްޕޯއަކީ މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އިންޓަނޭޝަނަލް އެކްސްޕޯއަށް ވީއިރު، މިއީ ވޯލްޑް އެކްސްޕޯއެއް މެދުއިރުމަތީ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް، ޔޫއޭއީން ދިވެހިރާއްޖެއަށް ދައުވަތު ދީފައިވާއިރު، އެކްސްޕޯ 2020 ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ޕަރޓިސިޕޭޝަން ކޮންޓްރެކްޓްގައިވަނީ ސޮއިކޮށްފައެވެ. މިއީ ވޯލްޑް އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.

މި އެކްސްޕޯ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮކްޓޫބަރު މަހުގައި ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން، އެކްސްޕޯ މިހާރުވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައެވެ. އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް، އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އަންނަނީ ކުރަމުންނެވެ.

މި އެކްސްޕޯއަކީ، ރާއްޖޭގެ ޓޫރިޒަމް، ސަޤާފަތާއި އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި އެކްސްޕޯގައި ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް ޙާއްސަ ފުރުސަތުތަކާއި ދިވެހި ފަންނާނުނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެކްސްޕޯގައި 193 ޤައުމަކުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، 25 މިލިއަން މީހުން މި އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. އެކްސްޕޯ 2020 ގެ ތީމަކީ "ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗާރ" އެވެ. އެކްސްޕޯގެ ސަބް ތީމްސްތަކަކީ، "އޮޕަޗުނިޓީ"، "މޮބިލިޓީ" އަދި "ސަސްޓެއިނެބިލިޓީ" އެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ ޕެވިލިއަން ބިނާވެފައިވަނީ ސަސްޓެއިނެބިލިޓީ ތީމްގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް