ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 13:16
ވެލާނާ އެއަރޕޯޓުގައި ޕާކުކޮށްފައި ހުރި ޖެޓުތަކެއް
ވެލާނާ އެއަރޕޯޓުގައި ޕާކުކޮށްފައި ހުރި ޖެޓުތަކެއް
ވެލާނާ އެއާޕޯޓް
މީރާއިން ބަލައިގަތް ދައުލަތުގެ އާމްދަނީ
އިގްތިސާދީ ހާލަތު ރަނގަޅުވެ، ދައުލަތުގެ ޑޮލަރު އާމްދަނީ އިތުރުވެއްޖެ
ޑޮލަރުގެ ގޮތުގައި މީރާއިން 11.26 މިލިއަން ބަލައިގެންފައިވޭ
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.43 ބިލިއަން ރުފިޔާ
މާލީ ވުޒާރާއިން އަންދާޒާކުރާ ސިނާރިއޯ 3 ގައި ބުނާ އަދަދަށް އާމްދަނީ ލިބޭނެކަމަށް ބެލެވޭ

ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މީރާއަށް 461.49 މިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދީފިއެވެ.

ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގެންފައިވާ ފައިސާގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީ އާމްދަނީގެ ގޮތުގައި 308.68 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިއީ މި އަހަރުގެ އޮކްޓޫބަރު މަހަށްވުރެ 61.26 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %9.1 ނުވަތަ 42.09 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 19.77 މިލިއަން ރުފިޔާ (4.3%)، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ (3.6%)، ބީ.ޕީ.ޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 63.13 މިލިއަން ރުފިޔާ (13.7%) ހިމެނެއެވެ.

ނޮވެމްބަރު މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން ޑޮލަރު ހިމެނޭއިރު، މިއީ އޮކްޓޫބަރު މަހު ލިބުނު 4.68 މިލިއަން ޑޮލަރަށްވުރެ 6.58 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިއީ ޓޫރިޒަމް ދާއިރާގެ ޓެކުހުގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އިތުރުވުމާއި ގުޅިގެން އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.

މަހުންމަހަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 59.9 ޕަސެންޓު ދަށް އަދަދެކެވެ. މިއީ ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑުގެ ހާލަތާއި ގުޅިގެން އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އާމްދަނީއަށް އައި ދަށްވުމެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 1.15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.43 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނު 15.22 ބިލިއަން ރުފިޔާއަށްވުރެ 5.79 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރީ 17.2 ބިލިއަން ރުފިޔާއެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މާލީ ވުޒާރާއިން ފަސް ސިނާރިއޯއަށް ބިނާކުރި ލަފާކުރުންތަކަށް ބަލާއިރު، މިހާރު ސިނާރިއޯ ތިނެއްގައި ލަފާކުރި އަދަަދަށް ޓެކްސް އާމްދަނީ ލިބޭނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް އައިސްފައިވާ ހެޔޮ ބަދަލާއެކު، އެ ސިނާރިއޯގައި އަންދާޒާކުރި 15.25 ބިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީ ލިބޭނެކަމަށް ބެލެވެއެވެ.

- ކޮމެންޓް
10 ޑިސެންބަރ 2020 | ބުރާސްފަތި 22:37
ހެހެހެކިކިކި
ކެކެކެ މަ ހައްޕު. ކެކެކެ ހެޔޮނުވާނެ ރާގުންޑާމެނޭ. ކަލޭމެންވެސް މަރުވާނެ.