ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 14:12
ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޮފީސް
ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޮފީސް
ރާއްޖެއެމްވީ
އީއައިބީ ކޮވިޑް ރިލީފް ލޯން
ބީއެމްއެލް މެދުވެރިކޮށް އީއައިބީގެ ކޮވިޑް ރިލީފް ލޯނަށް މިހާރު އެދެވޭނެ
 
ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ %6 ގެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ
 
ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 15.42 މިލިއަން ރުފިޔާ އާ ހަމައަށް
 
މި ލޯނަކީ ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.

މި ރިލީފް ލޯނަކީ އީއައިބީގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ އީއައިބީ ކޮވިޑް ރިލީފް ލޯނެކެވެ.

އެގޮތުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 15.42 މިލިއަން ރުފިޔާ އާ ހަމައަށެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ %6 ގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ. އަދި ލޯނު އަނބުރާދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ. މި ލޯނަށް އެދި ހުށައެޅޭނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށައަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ[email protected]އަށެވެ.

މި އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން އީއައިބީއާއެކު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމެންޓެއްގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް