އިނގިރޭސިވިލާތުގައި އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.
ކޮވިޑް-19 އަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ.
އެގޮތުން ވެކްސިންގެ އެންމެ ފުރަތަމަ ޑޯޒް އެގައުމުގެ އުމުރުން 90 އަހަރުގެ މާގަރެޓް ކީނާން އަށް ދީފައިވާއިރުގައި އިނގިރޭސިވިލާތަކީ އެމެރިކާގެ ފައިޒަރ ކުންފުނި އަދި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން ތައްޔާރުކުރި ވެކްސިނަށް ހުއްދަދިން ފުރަތަމަ ގައުމެވެ.
ޔުނިވާސިޓީ ހޮސްޕިޓަލް ކޮންވެންޓްރީގައި ވެކްސިން ދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވާއިރު، ދެ ވަނަ އަށް އެގައުމުން ވެކްސިން ދީފައި ވަނީ އުމުރުން 81 އަހަރުގެ ވިލިއަމް ޝެކްސްޕެއަރ އަށެވެ.
އިނގިރޭސިވިލާތުގައި ދޭ އެންމެ ފުރަތަމަ 800،000 ލައްކަ ވެކްސިން ޑޯޒް ދިނުމަށް ނިންމާފައި ވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މިހާރު ހޮސްޕިޓަލްގައި ފަރުވާހޯދަމުންދާ ފަރާތްތަކާއި ނަރސިން ހޯމްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެގައުމުން ފާހަގަކުރެ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، ބަކިންހަމް ޕެލެސް އިން ވަނީ އުމުރުން 94 އަހަރުގެ ކުއީން އެލިޒަބެތް 2 ކާއި އެކަމަނާގެ ފިރިކަލުން އުމުރުން 99 އަހަރުގެ ޕްރިންސް ފިލިޕްއަށް ވެކްސިން ދިނުމާގުޅޭ ގޮތުން ބަހެއް ދެކޮޅުހަދާފަ އެވެ.
ފައިޒަރގެ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައިވާއިރު، ބަހްރައިނުން ވެސް ވަނީ އެކުންފުނީގެ ވެކްސިން އެގައުމުގައި ދިނުމަށް ހުއްދަ ދީފަ އެވެ.
ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށް ޓެސްޓުތަކަށް ދައްކަ އެވެ.