ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 13:18
މިހާތަނަށް ރާއްޖެއަށް 462،000 ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައި
މިހާތަނަށް ރާއްޖެއަށް 462،000 ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން
ރަޝިއާއަށް ޝުކުރު، ބޯޑަރު ހުޅުވާލިފަހުން 17،000 ފަތުރުވެރިން!
ރަޝިއާއިން ރާއްޖެ އައިސްފައި ވަނީ 17،404 ފަތުރުވެރިން
ދެވަނަ އަށް އެންމެ ގިނަ މީހުން އައިސްފައި ވަނީ އިންޑިއާއިން
ބޯޑަރު ހުޅުވާލިފަހުން ޖުމްލަ 79,627 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ކޮވިޑާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރަޝިއާއިން 17،404 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ދުވަހުގެ އަދަދުތައް ދައްކާގޮތުގައި، މިއީ ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ 21.9 އިންސައްތައެވެ. އަދި އަހަރުގެ ޖުމްލައަށް ބަލާއިރު މިއީ ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތައެވެ. މި އަދަދުތަކާއެކު ރަޝިއާ ވަނީ 2020 ވަނަ އަހަރުގެ ރާއްޖޭގެ ޓޮޕް މާކެޓަށް ވެގެން ގޮސްފައެވެ.

ރަޝިއާގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، އިންޑިއާއިން 10,318 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި އިނގިރޭސިވިލާތުން މިހާތަނަށް 5,703 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެމެރިކާއިން އައިސްފައިވަނީ 5,488 ފަތުރުވެރިންނެވެ.

މީގެ އިތުރުން، ޔޫއޭއީން 4,842 ފަތުރުވެރިން، ޖަރުމަނުން 3,999 ފަތުރުވެރިން، ޔޫކްރެއިން 2,896 ފަތުރުވެރިން އަދި ފްރާންސުން 2,331 ފަތުރުވެރިންނާއި ސްޕެއިނުން 2,198 ފަތުރުވެރިންގެ އިތުރުން ބްރެޒިލުން 2,168 ފަތުރުވެރިން ވަނީ ޑިސެމްބަރ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައެވެ.

މިހާތަނަށް ރާއްޖެއަށް 462,474 ފަތުރުވެރިން އައިސްފައިވާއިރު، ބޯޑަރު ހުޅުވާލިފަހުން އައިސްފައި ވަނީ 79,627 ފަތުރުވެރިންނެވެ.

- ކޮމެންޓް