Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 19:31
މާރިޔާ އަހުމަދު ދީދީ
މާރިޔާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
އިދިކޮޅު އިއްތިހާދު ޖަލްސާ
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
ރާއްޖޭގެ ގާނޫނު އަސާސީއަށް އަމަލު ކުރަމުންދާ މަންޒަރެއް ނުފެނޭ

މިއަދު ރާއްޖޭގައި އޮތީ ސިޔާސީ ފަރާތްތަކުން 42 މެންބަރުންނޭ ގޮވާލައި އިރަށް އެކަމަށް ޖަވާބުދާރީ ކުރުވުމަށް ފުލުސް އޮފީހަށް ހާޒިރުވާންޖެހޭ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މ ކުނޫޒް ގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އަމަލުތައް ފެނިގެންދަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރުންނަށް ތަފާތު އެތައް ފިއްތުންތަކާއި ބިރު ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސީ މަސައްކަތުގައި އުޅޭ ކޮންމެ މީހަކަށްވެސް އެމީހަކު ކޮންމެވެސް ކަމެއްގައި ފްރޭމް ކުރާނެ ކަމުގެ ބިރުވެރިކަން އިހްސާސްކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ޗެލެންޖު ކޮށްފަ މި ބުނަނީދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނޯންނާނެ މިވަރަށް ގާނޫނު އަސާސީގައި މިވާޙަކަތައް ލިޔެވިފަ އޮތް ގާނުނު އަސާސީއެއް. އެކަމަކު މިއަދު ކަން ހިނގައިދަނީ ގާނޫނު އަސާސީގައި ލިޔެވިފައިފައި ގޮތްތަކާއި މުޅިން ހިލާފަށް. އެއީ މިރާއްޖޭގެ އެންމެންވެސް ހެކިވާނެ ކަމެއް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އަނިޔާވެރިގޮތަކަށް މާރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާ ތަކުގައި އިންސާފު އެންމެ އެކަށޭނަ މިންވަރަށް ހޯދާދެވިފައިނުވާ ކަމަށެވެ.

"ރާއްޖޭގައި އެތައް ގަތުލެއް ހިނގާފައިވާ އިރު ގާތިލުން ރައްޔިތުންނަށް އެއީ ގާތިލެއް ކަމަށް ގަބޫލު ކުރެވޭ ވަރަށް ގާތިލެއް ހޯދިފައެއް ނުވޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ  ވިދާޅުވީ، ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރީ ސަލާމަތްތެރިކަމާއި އެކު ކަންކަން ހިންގުމަށް ކަމަށާއި އެހެން ނަމަވެސް މިއަދު ކަން ހިނގަމުންދަނީ އެއާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން މިއަދު ފެނިގެންދަނީ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި މަސައްކަތް ކުރާ މީހެއް ނަމަ ޖަލަށް ލުމާއި އެނޫންވެސް ފިއްތުންތައް ކުރިމަތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް