ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 07:08
އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ރަޝިއާއިން ނޮވެމްބަރ 29ގެ ނިޔަލަށް 16,805 ފަތުރުވެރިން ވަނީ އައިސްފައި
އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ރަޝިއާއިން ނޮވެމްބަރ 29ގެ ނިޔަލަށް 16,805 ފަތުރުވެރިން ވަނީ އައިސްފައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް ނޮވެމްބަރ 29!
ނޮވެމްބަރ 29 ވަނަ ދުވަހު ރާއްޖެ އައިސްފައި ވަނީ 2,299 ފަތުރުވެރިން
ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 457,769 ފަތުރުވެރިން
ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 74,922 ފަތުުރުވެރިން

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ 29 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނޮވެމްބަރ 29 ވަނަ ދުވަހު ރާއްޖެއަށް 2,299 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެއިލީ އަޕްޑޭޓްސްތައް ދައްކަ އެވެ.

އެގޮތުން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ރަޝިއާއިން ނޮވެމްބަރ 29ގެ ނިޔަލަށް 16,805 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. ރަޝިއާގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީ، ޖަރުމަންވިލާތް، ޔޫކްރެއިން، ފަރަންސޭސިވިލާތް، ސްޕެއިން އަދި ބްރެޒިލް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 371 ފެސިލިޓީއެއް ވަނީ މިހާރު އޮޕަރޭޓް ކުރަން ފަށާފަ އެވެ. އެއީ 126 ރިސޯޓާއި، ފަސް ހޮޓަލުގެ އިތުރުން 123 ސަފާރީ އަދި 117 ގެސްޓްހައުސް އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 457,769 ފަތުރުވެރިން އައިސްފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ވަނީ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފަ އެވެ. އަދި އަލުން ފަތުރުވެރިކަން ފަށައިގަތުމަށް ގިނަ ފިޔަވަޅުތަކަށް އަޅައިފާވައިރު، ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 74,922 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

- ކޮމެންޓް