ކ. މާލެ
|
27 ނޮވެންބަރ 2020 | ހުކުރު 23:47
އީރާންގެ ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ މުހުސިން ފަޚްރިޒާދުގެ ކާރަށް ހަމަލާ ދީފައިވާ މަންޒަރެއް
އީރާންގެ ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ މުހުސިން ފަޚްރިޒާދުގެ ކާރަށް ހަމަލާ ދީފައިވާ މަންޒަރެއް
އީޕީއޭ
އިރާންގެ ނިއުކްލިއަރ ސައިންޓިސްޓް މަރާލުން
އިރާންގެ ނިއުކްލިއަރ ސައިންސްވެރިއަކު މަރާލައިފި!
މުހުސިންއަށް މަރުވެފައިވަނީ ލިބުނު ހަމަލާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް
ހަތިޔާރާ އެކު ޓެރަރިސްޓުން ތަކެއްވަނީ މުހުސިންގެ ކާރަށް ހަމަލާދީފަ
އިރާންގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިހަމަލާއަކީ ދައުލަތާ ދެކޮޅަށް ދީފައިވާ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް

ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި އިރާންގެ އިސް ނިއުކްލިއަރ ސައިންސްވެރިޔަކު ކަމުގައިވާ މުހުސިން ފަޚްރިޒާދަށް ހަމާލީ މަރާލައިފި ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފަޚްރިޒާދު މަރުވީ ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ފަޚްރިޒާދަށް ދިން ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އިރާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާއިރު، އޭނާ މަރުވުމާއި ގުޅިގެން އިރާންގެ ހާރިޖީ ވަޒީރު މުހައްމަދް ޖަވާދު ވިދާޅުވީ މި ހަމަލާއަކީ ދައުލަތާ ދެކޮޅަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

2010 ވަނަ އަހަރާ 2012 ވަނަ އަހަރުގައި ވެސް އީރާންގެ ހަތަރު ސައިންޓިސްވެރިއަކަށް ހަމަލާދީ މަރާލާފައިވެއެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލެވެ.

އިރާނުގެ ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމުގެ ހަގީގީ މަގުސަދާއި މެދު ހުޅަނގުގެ ގިނަ ގައުމުތަކުން، ހާއްސަކޮށް އެމެރިކާއިން، ސުވާލު އުފައްދަމުން ދާއިރު އިރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމްތައް ހިންގަމުންދަނީ އަމާންކަން ދެމެހެއްޓުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދާކަމަށް ކުރާ ތުހުމަތުތައް އިރާނުން ދޮގުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް