Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 02:50
ޒައިދުލް އަމީން ރައީސް މައުމޫނާއެކު
ޒައިދުލް އަމީން ރައީސް މައުމޫނާއެކު
ފޭސްބުކް
ޒައިދުލް އަމީން
ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ
ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވޭ

ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކޮށް މިހާރު ގޭ ބަންދުގައި ހުންނެވި މާލޭ ސިޓީކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ މައްޗަށް ތިން ދައުވާއެއް އުފުލައި ޝަރީއަތް އަންގާރަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.


ޒައިދުގެ ޝަރީއަތް އަންގާރަ ދުވަހު 11:00 ގައި ކްރިމިނަލް ކޯޓްގައި ފެށުމަށް ތާވަލް ކޮށްފައިވާއިރު ޒައިދުގެ މައްޗަށް ކުރަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމަށް މަސައްކަތް ކުރުމާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމާއި ހުއްދަ ނޫންގޮތުގައި މައުލޫމާތު ހާމަކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރުމުގެ ދައުވާއެވެ.

ޒައިދު ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން 16 ފަހަރު މުއްދަތު ޖެހުމަށްފަހު ޒައިދު މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޒައިދަކީ ދެކަފިވެފައިވާ ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނަށް ނިސްވަތްވާ ރައީސް މައުމޫނުގެ ސަޕޯޓަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް