Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 23:18
ދިވެހި ފައިސާ: ފަސްރުފިޔާގެ ޕޮލިމާ ނޫޓް ނެރެނީ
ދިވެހި ފައިސާ: ފަސްރުފިޔާގެ ޕޮލިމާ ނޫޓް ނެރެނީ
ރާއްޖެއެމްވީ
ފަސް ރުފިޔާގެ އާ ނޫޓް
ފަސް ރުފިޔާގެ އާ ނޫޓް އަންނަ މަހު ނެރެނީ
ނޫޓް ތައާރަފް ކުރުމަށް ނިންމާފައިވަނީ އަންނަމަހު 10 ގައި

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު އަންނަ މަހު ތައާރަފު ކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ހޯމަ ދުވަހު ވިދާޅުވީ ފަސް ރުފިޔާގެ އާ ނޫޓު ތައާރަފު ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 10 ގައި ކަމަށެވެ.

މި ނޫޓުގެ ސައިޒު މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ޑިޒައިން ވެސް ހުންނާނީ އެއް ކޮންސެޕްޓަކަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފަސް ރުފިޔާގެ އާ ނޫޓުވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތުކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރުމަށް ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް