Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 22:52
ޔާމީން ރަޝީދުގެ ހަށިގަނޑު ވަޅުލުމަށްޓަކައި ގެންދަނީ
ޔާމީން ރަޝީދުގެ ހަށިގަނޑު ވަޅުލުމަށްޓަކައި ގެންދަނީ
ރާއްޖެއެމްވީ
ޔާމީންގެ މަރު
ޔާމީންގެ ގާތިލުން ހޯދުން ލަސްވުމަކީ އޮތް ބޮޑު ބިރެއް:ސިޓީ ކައުންސިލް
ތަހުގީގަށް ލިބިފައިވާ އެއްވެސް ކުރިއެރުމެއް ފުލުހުން ހާމައެއް ނުކުރޭ
މާލޭ މަގުތަކުގައި ކެމެރާ ހުރިއިރު މިކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވުމަކީ ކަންބުވާ ކަމެއް
ޔާމީން މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގައި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބޮލްގާ ޔާމީން ރަޝީދު މަރާލި މީހުން ހޯދުން ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައައްޔިތުންނަށް އޮތް ބޮޑު ބިރެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

 މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލިތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު މިހާތަނަށް ހައްޔަރު ކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ސީރިޔަސް އެންޑް އޮގަނައިޒް ކްރައިމް ޑީޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް މިކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިއްސާކޮށްފައި ނުވުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެެ. 

ޔާމީން ރަޝީދު މަރާލާފައި ވަނީ ކުރިން އިންޒާރު ދިނުމަށްފަހުކަން މީޑިއާތަކުން އެނގެން އޮތްއިރު އަދި މާލޭގެ މަގުތަކަކީ ކެމެރާ ހަރުކޮށްފައިވާ މަގުތަކަކަށް ވާއިރު މިކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވަމުންދާ ދިއުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިހުސާސް ކުރަން ޖެހިފައިވާ ބޮޑު ބިރެއް ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ،

މިފަދަ ކަންކަން ނުހުއްޓުވި ތަކުރާރުވަމުންދާކަމީ މިއަދު މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން މާލޭ ސިޓީގައި މިހާރު އާންމުވެފައިވާ މާރާމާރީތައް ހުއްޓުވައި މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 އޭޕްރިލް 2017 | ހޯމަ 19:34
ޖުހާ
އަޅުގަނޑައް ހީވާ ގޮތުގާ ބޮޑު މީހެއްގެ އަތެއް އެބަވޭ މީހުން މެރުމުގަ ބާރެއް އޮތީމަ ފަސްނުޖެހި މިބާ ވަތުގެ އިންސާނިއްޔަތާ ޚިލާފު ކަންތައް ބަޔަކު.މިކުރަނީ
24 އޭޕްރިލް 2017 | ހޯމަ 19:09
ޔާމީން2018
ކޮންމެކަމެއް ސިޔާސީ ނުކުރުމަށް ގޮވާލަން'
24 އޭޕްރިލް 2017 | ހޯމަ 18:39
ތަކުރުފާނު
ޔާމިންގެ މަރުގެ ތަހްޤީޤް ދާނީ ހަމަ ނޫސްވެރިޔާ ރިލުަވާނުގެ މަރާއި ޑރ، އަފްރާޝިމްގެ މަރުގެ ތަހުޤީގް ދިޔަގޮތަށްކަން ކަށަވަރު.