ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 20:46
ޔާމީނުގެ ހަށިގަނޑު
ޔާމީނުގެ ހަށިގަނޑު
ރާއްޖެ އެމްވީ
ޔާމީންގެ މަރު
ޔާމީނުގެ މަރާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ފުލުހުން ގޮވާލައްވައިފި
ޔާމީނު ރަޝީދު މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި

ޔާމީނުގެ މަރާ ގުޅިގެން އާއްމު ރައްޔިތުންގެ ތެރެއިން މައުލޫމާތު އެނގޭ ފަރާތްތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލައްވައިފި އެވެ.

 ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސ. ފޭދޫ ޗަނބޭލީގޭ، އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދު މަރާލި މައްސަލައާ ގުޅިގެން މައުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަ ފުލުހުންގެ 3322111 ނުވަތަ 3322112 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މި ކަން ކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. ޔާމީނުގެ މަރާ ގުޅޭ ގޮތުން އޮޅުން އަރާގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތުތައް، ޝޯޝަލް މީޑިޔާ އާއި އެނޫން ގޮތްގޮތަށްވެސް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީގެން މަރާލާފައިވާ، ޔާމީން ރަޝީދު ޒަހަމްތަކާއި އެކު ފެނިފައި ވަނީ އޭނާ ދިރިއުޅޭ މ.ސްޕެޓިއުލާގެ ސިޑި ގޮޅީގައި އޮއްވަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު، 02:54 ގަ އެވެ.

އެރޭ ގާތްގަނޑަކަށް 03:15 ހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ، 03:40 ހާއިރު ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ޔާމީނުގެ ހަށިގަނޑު ވަޅުލާފައިވަނީ، އާދިއްތަ ދުވަހު، އަސުރު ނަމާދަށް ފަހު އެވެ.

ޔާމީނު ރަޝީދަކީ" ދަ ޑެއިލީ ޕެނިކް" ގެ ނަމުގައި ބްލޮގެއް ހިންގި ލިޔުންތެރި އެކެެވެ. އޭނާ އަކީ ސޯޝަލް މީޑިޔާގައި ވެސް ވަރަށް އެކްޓިވް މީހެކެވެ.  އަދި ދީނީ ހަރުކަށިކަމާ ދެކޮޅަށް އަޑު އުފުލަމުން އައި ޒުވާނެކެވެ.

- ކޮމެންޓް
24 އޭޕްރިލް 2017 | ހޯމަ 23:53
ޙާމިދު
ބުނެބަލަ ނާޒިމް ގޭގަ ބޭއްވި ފިސްތޯލަ އެއީ ޙަޤީޤަތެއްތަ؟ ފެންފޯއް ރުއްތައް ޕޮލިހުން އުފުރާލީ އެއީ ޙަޤީޤަތެއްތަ؟