ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފިއެވެ.
ޖަޕާން ސަރުކާރުން ދިން މެޑިކަލް އިކްއިޕްމެންޓްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމެވެ. އިކްއިޕްމެންޓްތައް ހަދިޔާކުރުމުގެ ލިއުންތައް މިނިސްޓަރާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ.
ހެލްތްމިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ޖަޕާނު ސަރުކާރުން ދިން އިކްއިޕްމެންޓްތަކަކީ ނޮން ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ދިން އެހީއެކެވެ.
Handover ceremony of Medical Equipment donated by Japan's Non-Project Grant Aid to MoH pic.twitter.com/n4DP3yUTMK
— Min of Health_mv (@MoH_mv) April 24, 2017
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އިކްއިޕްމެންޓްގެ ބޮޑު ބައެއް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް ތަޖެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
Minister @ANazim2019 Highlighted that this Aid will improve the Health Services in the Atolls pic.twitter.com/264AYTYNjX
— Min of Health_mv (@MoH_mv) April 24, 2017
މިނިސްޓަރު ވިދާޅުވީ ޖަޕާނުން ދިން ތަކެތީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ހަރުދަނާކަން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ޖަޕާނު ސަރުކާރުން ވަމުން އަންނަ އެހީގެ ތެރެއިން ވަރަށް މުހިއްމު އެހީއެއް ކަމަށެވެ.
ޖަޕާނުން މިފަހަރު ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިންތަކާއި ޑެންޓަލް ޔުނިޓްތަކާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ލައިފްއެކްސްޕެކްޓެންސީ ރޭޓް މަތިވުމާއި ޅަފަތުގައި ކުދިންގެ އަދަދު މަދުވުމާއި ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީ އޭނާ ފާހަގަކުރެއްވި އެވެ.