ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 17:19
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް
އޭއެފްޕީ
އެމެރިކާ-ގަތަރު
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގައި

ގަތަރާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމުގެ ބޭނުމުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ގަތަރަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

 

މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަ ގައުމުކަމަށްވާ ގަތަރަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވަޑައިގެން ހޮނިހިރު ދުވަހު ވެރިރަށް ދޯހާގައި ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީއާ ވަނީ ބައްދަލު ކުރައްވާފައެވެ. މެޓިސް އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނީ، ގުޅުންތަކަކީ ރަނގަޅުވެ ގޯސްވާނެ އެއްޗެއްް ކަމަށާއި އެމެރިކާގެ ފަރާތުން ބޭނުން ވަނީ ގުޅުން ރަނގަޅު ކުރުމަށް ކަމަށެވެ.

 

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މެޓިސް އާއި ގަތަރުގެ އަމީރު މަޝްވަރާ ކުރެއްވި ކަންކަމުގެތެރޭގައި އިސްލާމިކް ސްޓޭޭޓް (އައިއެސް) ގެ މައްސަލައާއި، ސީރިޔާގެ ހަމަނުޖެހުންތަކާއި އަދި އިރާން ގެ މައްސަލަ ހިމެނެއެވެ. އެމެރިކާ އިން ބުނާގޮތުން އިރާނުން މަސައްކަތް ކުރަނީ "ސަރަހައްދުގެ ހަމަނުޖެހުން ނަގާލުމަށެވެ."

 

ގަލްފުގެ އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މެޓިސް ގަތަރަށް ވަޑައިގެންނެވިއިރު، މެޓިސް ވަނީ ސައުދީ، މިސްރު އަދި އިޒްރޭލަށް ވެސް ވަޑައިގެންފައެވެ.

 

އެމެރިކާ އާއި ގަލްފުގެ ގައުމުތަކާއި މެދު އޮންނަ ގުޅުން ކޮންމެވެސް ވަރަަކަށް ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު ވަނީ ހީނަރުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް