ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 09:28
ޖޯ ބައިޑެން ވަނީ ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވާފަ
ޖޯ ބައިޑެން ވަނީ ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވާފަ
އަރަބި ސެންޓަރ
އެމެރިކާގެ ރިޔާސީ އިންތިހާބު 2020
އިންތިހާބު ކާމިޔާބުކުރީ ބައިޑަން، ނަމަވެސް ނަތީޖާ ގަބޫލެއް ނުކުރާނަން: ޓްރަމްޕް
ބައިޑެން އިންތިހާބު ކާމިޔާބު ކުރެއްވިކަމަށް ޓްރަމްޕް ފުރަތަމަ ފަހަރަށް ވަނީ އެއްބަސްވެފަ
އިންތިހާބާ ބެހޭ ގޮތުން ޓްރަމްޕް މިހާތަނަށް ކުރައްވާފައިވާ ތުހުމަތުތައް އެމެރިކާގެ އިލެކްޝަން އޮފިޝަލުން ވަނީ ދޮގުކޮށްފަ
ޓްރަމްޕްގެ ކެމްޕޭނުން ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއީ ޖޯ ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ހަމަ އެއާއެކު، އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ދައްކާ ސާބިތުނުހިފޭ ވާހަކަތައް ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފައެވެ.

އިންތިހާބުގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް އެމެރިކާގެ ސްޓޭޓްތަކުގެ އިލެކްޝަން އޮފިޝަލުން ވަނީ ދޮގުކޮށްފައެވެ. އަދި އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓުތަކަށް ބަދަލު ގެނައުމުގެ ހެއްކެއް ނެތްކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ކެމްޕޭނުން ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފައެވެ.

މީގެ އިތުރުން ވެސް ދާދި ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ ވަނީ އަމާންކަމާއެކު ދެވަނަ ދައުރެއްވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބީ ރައީސަކަށް ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ހޮވިވަޑައިގެންނެވި ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް