Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 13:04
ވަގަށް ނަގާފައިވާ ރިލްވާނުގެ މަންމައާއެކު، ޔާމީން ރިލްވާނުގެ އާއިލާއަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގަ
ވަގަށް ނަގާފައިވާ ރިލްވާނުގެ މަންމައާއެކު، ޔާމީން ރިލްވާނުގެ އާއިލާއަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގަ
ޓްވިޓަރ
ޔާމީންގެ މަރު
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
ޔާމީން އޮފީހުން ގެއަށް ދިޔައީ 02:20 ހާއިރު، ގެއަށް ދިޔައީ ހިނގާފައި ކަމަށް މައުލޫމާތު ލިބޭ
ޔާމީނަށް ހަމަލާދީފައި އޮތްވާ ފެނިފައި ވަނީ 02:40 ހާއިރު ކަމަށް މައުލޫމާތު ލިބޭ
ޔާމީންގެ މޭގެ 14 ތަނަކަށް. ކަރަށް އަދި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ގާތް އެކުވެރިޔާ ޔާމީން ރަޝީދުގެ މަރާލިތާ 24 ގަޑިއިރަށްވުރެ ގިނައިރު ފާއިތުވެގެންދިޔައިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް  އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށް ތަހުގީގަށް ވަކި ޓީމެއް ނަގާ ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔާމީން މަރާލިތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވެގެންދިޔައިރު، ތަހުގީގަށް ލިބުނު ކުރިއެރުމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މި މައްސަލައިގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތްކުރާށެވެ. 

އައިޖީއެމްއެޗުންނާއި ޔާމީންގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި ޔާމީންގެ މޭގެ 14 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާއިރު، ކަރުގެ ނާރުތައްވެސް ބުރިވެފައިވާ ކަމަށެވެ. އަދި ޔާމީންގެ ބޮލަށްވެސް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ވަރަށް އަނިޔާވެރި، ލާއިންސާނީ ގޮތަކަށް މަރާލާފައި އޮތްވާ މީހަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 02:59 ގަ އެވެ. ޔާމީން ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި މަރާލާފައި އޮތްވައި ފެނިފައިވަނީ އެގޭގައި ދިރިއުޅޭ މީހަކަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޔާމީން އެރޭ ދަންވަރު ބޮޑު ތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ސަރަހައްދުގައި ހުންނަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އޮފީހުން ގެއަށް ދާން ނުކުނެފައިވަނީ 02:20 އެހާކަން ހާއިރުއެވެ. އޭނާ ގެއަށް ދިޔައީ ހިނގާފަައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް