Advertisement
ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 05:58
ރައީސް އަބްދުﷲ ޔާމީން، ދިވެހި ސިފައިންގެ ޚިިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި
ރައީސް އަބްދުﷲ ޔާމީން، ދިވެހި ސިފައިންގެ ޚިިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި
އެމްއެންޑީއެފް
ރިލްވާން ވަގަށް ނެގުން
ރިލްވާން މައްސަލައިގެ ހަޤީޤަތަށް ވާސިލްވުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައި: ރައީސް ޔާމީން
ބޮޑެތި ގިނަ މައްސަލަތަކުގެ ތަހުޤީޤް ނިންމާލެވިފައިނުވޭ
ރިލްވާން ވަނީ "ގެއްލިފަ"
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަވެސް އަދިވެސް ތަހުޤީޤްކޮށް ނިންމިފައެއް ނުވޭ

ފުލުހުން ތަހުޤީޤްކުރާ ބޮޑެތި ގިނަ މައްސަލަތަކެއް އަދިވެސް ނުނިމި ހުރިކަމަށާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހަޤީޤަތާއި ހަމައަށް ދިއުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ޚިިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ ލިޔުންތެރިޔާ ޔާމީން ރަޝީދު ރަހުމު ކުޑަގޮތަކަށް މަރާލަފައިވާތީ ކަންބޮޑުވެ، ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެ ރަހުމު ކުޑަ، ލާއިންސާނީ އަމަލު ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބޮޑެތި ގިނަ މައްސަލަތަކުގެ ތަހުޤީޤް ނިންމާލެވިފައިނުވާކަމަށް އެމަނިކުފާނުވެސް އިއްތިފާޤުވެވަޑައިގަންނަވާކަމަށެވެ. އަދި އެއީ ހަމައެކަނި ދިވެހިރާއްޖޭގައި ވާ ކަމެއް ނޫންކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޮޑެތި މައްސަލަ ތަހުޤީޤް އެއްކޮށް ފުރިހަމަ ނުކުރެވި އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަވެސް އަދިވެސް ތަހުޤީޤްކޮށް ނިންމިފައިނުވާކަމަށެވެ.

"އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެންމިދިޔައީ، ހަމަ މިގޮތަށް، މިހާ ހިތްދަތިކޮށް ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުތަން. ދައުލަތުން އެތަކެއް މަސައްކަތެއް އެބަ ކުރާ، ފުލުހުންގެ ތަހުޤީޤީ އެކި ޔުނިޓްތަކުން އެކި މަސައްކަތް އެބަކުރޭ. އެހެންނަމަވެސް އެކަމުގައި ހަޤީޤަތާއި ހަމައަށް ވާސިލްވުމުގައި އަދިވެސް އަޅުގަނޑުމެން މިތިބީ ނުކުޅެދުމުގެ ތެރޭގައި" ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

 

 

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރިލްވާން "ގެއްލުނު" ފަހުން ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވެސް ވާކަމަށެވެ. އަދި އަބަދުވެސް ވިޔާނުދާ މީހުން ކަންތައްތައް ރާވާނެކަމަށް ރައީސް އަބްދުﷲ ޔަމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
24 އޭޕްރިލް 2017 | ހޯމަ 10:00
މަހިބަދޫ މޫސަ
ނުޖެހޭ ދޭކަށް އިސްތިފާއެއް ކުރިން ހުންނާނެ ކޯޓާށް ގޮސް ޑްރާމަ ޖައްސާލާފަ. ބޭނުންވާ މަގާމަށް އާދެވުނީމަ ދެން ނޯ މޯ ޑުރާމާ ދެން. ދެން އޮންނާނީ ބައްކޮށްގެން ބާލީހެއް ހެން ބޯދަށަށް މަގާމްލާގެން ނިދުން. މީބަފަޔަށް ގިރާވަރު ރިސޯޓ ލިބުނ ގޮތަައް މިއާއައް ލިބި އޮތް އެއްޗެއް
24 އޭޕްރިލް 2017 | ހޯމަ 08:30
އިންމީހާ
ވާވާވާ... ތިޔަހަރަ ރީތި ބަލާޤާތްތެރި ބަސްތަކެއް. ހީވެސްނުވޭ އެކަހަލަކަމެއް ކޮށްފާނެހެނެއް. އަދި އެބަބުނެއެއްނު ރިޔާސީ ލޯންޗްކޮޅޭ. އެކަން ހިނގިތާ 24ގަޑިއިރުތެރޭ މީހުންތައް ހައްޔަރުކޮށް މީސްމީހުން ހޯދަން އިޢުލާންކޮށް ނުވިތާކަށް މުޅިރާއްޖޭގައި ކުއްލިހާލަތު އިޢުލާންކުރި. މިހާރު މިހިނގާކަންކަން ހަމަ އެނގޭކަމަށްވެސް ނުހަދާ. ކަހާތަން ހިރުވާވެސްނުލާ ދެފަރާތަށް ބަރުހަތިޔާރުއެޅި މީހުންލައިގެން ދުއްވާލަ ދުއްވާލަ ތިހުންނަނީ
24 އޭޕްރިލް 2017 | ހޯމަ 07:38
ޑަން ހިލް މޭން
އެވަރަށް އަޅާލީމަވެސް ކޮމިޝަނަރު ލަދުން އިސްތިގުފާ ދޭކަށް ނުވޭތަ. އަދިވެސް ޕެޕަރސްޕްރޭ ޖެހޭތޯ ބަލާތި !