ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 03:59
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޓެސްޓު ކުރުމުގެ ތެރެއިން
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޓެސްޓު ކުރުމުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން
ފިޒާ އަދި ބައޯންޓެކްގެ ވެކްސިން 90 އިިންސައްތަ ރައްކާތެރިކަމަށް ދައްކައިފި
މި ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވޭ
މި ވެކްސިން ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދައަށް އަންނަ މަހު އެދުމަށް ދަނީ މަސައްކަތްކުރަމުން

ފިޒާ އަދި ބައޯންޓެކްގެ ވެކްސިން 90 އިންސައްތަ ރައްކާތެރި ކަމަށް ދައްކައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިޒާ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވާއިރު މިހާތަނަށް މި ވެކްސިންގެ ރައްކާތެރިކަމާ މެދު އެއްވެސް ކަހަލަ ޝަކުވާއެއް ލިބިފައި ނުވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ފިޒާ އަދި ބައޯންޓެކްއިން އަންނަނީ މި ވެކްސިން ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދައަށް އަންނަ މަހު އެދުމަށް މަސައްކަތް ކުރަމުންނެވެ.

ޖަރުމަނުގެ ބައޯންޓެކްއިން އުފައްދާ ވެކްސިން އަދި އެމެރިކާގެ ނިއުޔޯކްގެ ފިޒާ ކޮމްޕެނީއިން އުފައްދާ ވެކްސިން އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ) އިން އަންނަނީ ވެކްސިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ރިވިއުގެ ތެރޭގައި އެމްއެޗްއާރުއޭއަށް ކްލިނިކަލް ޑާޓާތައް ވަގުތުން ބަލާލެވޭނެއެވެ. މިކަންކަމަށް ބެލުމަށްފަހު ވެކްސިން ބޭނުންކުރުމުގެ ހުއްދަދިނުމުގެ ކަންކަން އަވަސްކުރެވިގެންދާނެއެވެ. މިއީ ޕަބްލިކް ހެލްތު އެމަރޖެންސީގައި ބޭނުންވާ ޑްރަގްސް އާއި ވެކްސިންގެ ކަންކަން އަވަސްކުރުމަށް ކުރާކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް