Advertisement
ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 22:20
ޔާމީންގެ ހަށިގަނޑު ވަޅުލާފައިވަނީ، އަސުރު ނަމާދަށް ފަހު
ޔާމީންގެ ހަށިގަނޑު ވަޅުލާފައިވަނީ، އަސުރު ނަމާދަށް ފަހު
ރާއްޖެއެމްވީ
ޔާމީން މަރާލުން
ޔާމީންގެ ހަށިގަނޑު ވަޅުލައިފި
ކަށުނަމާދަށްފަހު އޭނާ ވަޅުލީ ހުޅުމާލޭގެ ސަހަރާގަ
ޔާމީން މަރުވީ ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް
ޔާމީންގެ ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ

ގައިގެ އެތަށް މިތަނަށް ވަޅިހަރާ، އަނިޔާވެރި ގޮތަކަށް ހޮނިހިރު ދުވަހުގެ ރޭ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ ހަށިގަނޑު ވަޅުލައިފި އެވެ.


ޔާމީންގެ ޖާނާޒާގެ ކަންކަން ފުރިހަމަކޮށް އާދިއްތަ ދުވަހުގެ އަސްރު ނަމާދަށް ފަހު ކުރެވުނު ކަށުނަމާދަށް ފަހު އޭނާ ވަޅުލީ ހުޅުމާލޭގެ ސަހަރާގަ އެވެ.

ޔާމިން ރަޝީދުގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާގޭގެ ސިޑި ކައިރިންނެވެ. މަރުވިކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 2:59 ގައެވެ.

ޔާމީން މަރުވީ ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.


ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލައިގެން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޔާމީން މަރާލި މައްސަލަ ކުށްވެރިކޮށް ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމިނު ރަޝީދު، މަރާލުމަކީ ޑިމޮކްރަސީ އަށާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

ޔާމީންގެ ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް