Advertisement
ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 19:35
ޔާމީނު ރަޝީދުގެ ހަށިގަނޑު
ޔާމީނު ރަޝީދުގެ ހަށިގަނޑު
ރާއްޖެ އެމްވީ
ޔާމީނުގެ މަރުގެ މައްސަލަ
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
މިކަން ފުރިހަމައަށް ތަހުގީގު ކުރަންޖެހޭ
ރާއްޖޭގައި އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލެއް ނުކުރެވޭ
މުޖުތަމައުގައި އަމާންކަން ގާއިމް ކުރެވޭނީ ވަކިވަކި ފަރުދުންގެ ހައްގުތައް ޔަގީންކޮށްދީގެން

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދޭ ހަމަލާތަކެއް ކަމަށާއި މި މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައްވައިފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އާދިއްތަ ވިލޭރޭ، ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނު ރަޝީދަކީ ރާއްޖޭގެ ސިޔާސީ މާހައުލު ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާ އަދި ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަކަށް ގެނައުމަށް ކެންޑިނޭޅި ވަކާލާތުކުރަމުން އާއި މީހެއް ކަމަށެވެ.

ޔާމީނު ރަޝީދުގެ މަރާ ގުޅިގެން މިނިވަން، ހާމަކަން ބޮޑު ފުރިހަމަ ތަހުގީގެއް ކުރުމަށް ފުލުހުންނާ ހިއުމަން ރައިޓްސް ކޮމިޝަން އަދި ޝަރުއީ މުއައްސަސާތައް ހިމެނޭ ގޮތަށް ރާއްޖޭގެ މުއައްސަސާތަކަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލައްވާފަ އެވެ.

ޓްރާންސްޕޭރެންސީން ވަނީ ޔާމީން މަރާލާފައި ވަނީ އެކި ފަހަރުމަތިން އިންޒާރުދީފައިވަނިކޮށް ކަމަށާއި މިފަދަ އިންޒާރުތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ހުށަހެޅި މައްސަލައަށް ފުލުހުން ޖަވާބުދީފައި ނުވާ ކަމަށް ޔާމީން ސޯޝަލް މީޑީޔާގައި ހިއްސާކޮށްފައިވާ ކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކުރެ އެވެ.

މީގެ އިތުރުން މިކަމުގެ ކަންބޮޑުވުން ޔާމީނު ވެސް ޓްރާންސްޕޭރެންސީއާ ހިއްސާކޮށްފައިވާ ކަމަށާއި މިފަދަ ހަމަލާތަކަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދޭ ހަމަލާތަކެއް ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ. އަދި މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ މައްސަލަތަކުގައި ހަގީގަތް ހޯދިފައި ނުވާތީ، މިފަދަ މައްސަލަތައް ހޯދުމުގައި ދައުލަތުންދޭ އަހައްމިއްޔަތުކަން ކުޑަކަން ހާމަވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.

އެގޮތުން ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާނު ވަގަށްނެގި މައްސަލައިގެ ތަހުގީގު ހޯދިފައި ނުވާތީ އެ އިދާރާއިން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

މިފަދަ މައްސަލަތަކުގައި ރާއްޖޭގައި އިންސާފު ގާއިމްކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އިންސާފުވެރި މުޖުތަމައުއެއް ހޯދައިދެވޭނީ ދައުލަތުން ވަކިވަކި ފަރުދުންގެ ހައްގު ހިމާޔަތްކޮށްގެން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.

ޓްރާންސްޕޭރެންސީ ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބާލައި، ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި، މަރާލި ސަބަބު ހާމަކުރުމަށް  ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް