ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 22:03
ކޮވިޑާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު
ކޮވިޑާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު
ބުކިންގ.ކޮމް
މިސްޓްރީ ގެސްޓު ޕްރޮގްރާމް
ގައިޑްލައިންތަކަށް އަމަލުކުރޭތޯ ބެލުމަށް ޓޫރިސްޓް ފެސިލިޓީތަކަށް 'މިސްޓްރީ ގެސްޓުން' ފޮނުވަނީ
ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ އެމީހުން އަމިއްލައަށް
މިނިސްޓްރީގެ ފަރާތުން ވެސް އެ ފެސިލިޓީތައް އިންސްޕެކްޓް ކުރަމުން ގެންދާނެ

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް. ޕީ އޭ.) އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން ޢަމަލުކުރަމުންދޭތޯ ކަށަވަރު ކުރުމަށް މިސްޓްރީ ގެސްޓުން" ތަޢާރަފުކުރުމަށް މިނިސްޓްރީން ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނެފައިވަނީ "މިސްޓްރީ ގެސްޓުން" ޓޫރިސް ފެސިލިޓީތަކަށް ގޮސްކުރާ ތަޖުރިބާއަށް ބިނާކޮށް އެ ޓޫރިސްޓް ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ސްޓޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓުކުރެވޭނެ ކަމަށެވެ.

މި ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ އެމީހުން އަމިއްލަ އަށެވެ.

މި ޕްރޮގްރާމުގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރއާއި ގައިޑްލައިންއަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް މިނިސްޓްރީގެ ފަރާތުން ވެސް އެ ފެސިލިޓީތައް އިންސްޕެކްޓް ކުރަމުން ގެންދާނެ އެވެ.

'މިސްޓްރީ ގެސްޓް' ޕްރޮގްރާމަކީ ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބާރުއެޅުމުގެ ގޮތުންނާއި، އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދޭތޯ ބެލުމަށް ފަށަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

މިފަދަ ޕްރޮގްރާމްތަކަކީ ދުނިޔޭގެ ފަތުރުވެރިކަމަށް މަޝްހޫރު ގައުމުތަކުން ހިދުމަތުގެ ކޮލެޓީގެ ފެންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

- ކޮމެންޓް