ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 21:02
ތަކަންދޫ އަށް ލެއްގި ބޮޑުމަސް
ތަކަންދޫ އަށް ލެއްގި ބޮޑުމަސް
އެމްއެންޑީއެފް
ތަކަންދޫއަށް ބޮޑުމަހެއް ލެއްގުން
ތަކަންދޫއަށް ލެއްގި ބޮޑު މަހެއް ނައްތާލައިފި
މަހުން ވަރަށް ބޮޑަށް ރަށު ތެރެއަށް ކުނިވަސް ދުވާ: ކައުންސިލް
މަސް ނައްތާލީ އެމްއެންޑީއެފް އާއި ގުޅިގެން އެ ރަށު ރައްޔިތުން ކުރި މަސައްކަތުން

ހއ. ތަކަންދޫއަށް ލެއްގި ބޮޑު މަހެއް ނައްތާލައިފިއެވެ.

ތަކަންދޫ އިރުމަތި ފަރާތު ގޮނޑުދޮށަށް ބޮޑު މަސް ލައްގާފައި ވަނީ ހެނދުނު 8:00 ހާއިރުއެވެ. ''ރާއްޖެއެމްވީ'' އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަލީ އަބްދުއްލަޠީފް ވިދާޅުވީ، އެ ރަށަށް ލެއްގި ބޮޑު މަހަކީ 20 ފޫޓްގެ މަހެއް ކަމަށާއި، ގިނަ ދުވަސްވުމުގެ މަސް ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށެވެ. މަހުގެ ސީދާ ސިފައެއް ނޭގުނު ކަމުގައިވިޔަސް މަހުގެ އެކި ބައިބައިތައް ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަކަންދޫއަށް ލެއްގި ބޮޑުމަސް ނައްތާލުމުގައި އެމްއެންޑީއެފްގެ އިތުރުން ރަށުގެ ރައްޔިތުން ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

އަަބްދުއްލަތީފް ވިދާޅުވީ، ކައުންސިލާއި ރަށުގެ ރައްޔިތުންނާއި އެމްއެންޑީއެފްގެ އިތުރުން ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ އެހީތެރިކަމާއި އެކު ބޮޑު މަހުގެ ބައިތައް ނަގައި ކަފު ޖަހައިގެން މިހާރު މަސް ބޭރުކޮށްލާފައިވާ ކަމަށެވެ.

މީގެ ކުރިން ބޮޑު މަހެއް ތަކަންދޫއަށް ލައްގާފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިން ކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރަށްރަށަށް މަދުން ނަމަވެސް، ދޭތެރެދޭތެރެއިން ބޮޑު މަސް ލައްގައެވެ.

- ކޮމެންޓް