ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 12:53
ޒަހަމްތަކާއެކު މަރާލާފައިވާ ކަމަށް ބުނާ ޔާމީން ރަޝީދު (ވ)ގައި
ޒަހަމްތަކާއެކު މަރާލާފައިވާ ކަމަށް ބުނާ ޔާމީން ރަޝީދު (ވ)ގައި
ޓްވިޓަރ
މީހަކު މަރާލުން
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލައިފި
ޒަހަމްތަކާއެކު އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބިސްބުރު ކައިރި ގެއެއްގެ ސިޑި ކައިރީގައި އޮތްވާ
އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އައިޖީއެމްއެޗްގައި
ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 02:59 ހާއިރު

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އެކުވެރިޔާ މަރާލާފައި އޮތްވާ ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާ އަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް، އެ ހޮސްޕިޓަލުން ބުނެ އެވެ. 

ފުލުހުންގެ މީޑިއާއިން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 02:59 ހާއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާފަންނު ބިސްބުރު ކައިރިއަށް ދިޔައިރު، އެސަރަހައްދުގައި ހުރި ގެއެއްގެ ސިޑި ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީ ޒަހަމް ކޮށްލާފަ އެވެ. އޭނާގެ މޫނަށާއި މެޔަށާއި ކަރަށް ވަޅި ހަރާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ފަހުން ޔާމީނަށް ބަޔަކު މަރުގެ އިންޒާރު ދިން މައްސަލަ ވެސް ޕޮލިހަށް ހުށަހަޅާފައިވެ އެވެ. 

ރިލްވާން ވަގަށް ނެގުމުގެ ކުރިންނާއި ވަގަށް ނެގި ފަހުން ވެސް ރިލްވާންގެ އެކުވެރިންނަށް މަރުގެ އިންޒާރުތައް ދަނީ ލިބެމުންނެވެ. 

އޯގަސްޓް، 8، 2014 ގައި ރިލްވާން ގެއްލުނު ވަގަށް ނަގާފައިވާއިރު،  އެ މައްސަލަ އަށް 988 ވަނީ ވެފަ އެވެ. ނަމަވެސް ރިލްވާނުގެ ވަގަށް ނެގި މައްސަލައިގެ ހަގީގަތެއް ނުހޯދެ އެވެ. ހުޅުމާލޭގައި ދިއްވި ކާރަކަށް ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ތުހްމަތު ކުރެވޭއިރު، އެ ކާރުގެ ތެރެއިން ފެނުނު ސާމްޕަލްތަކުގެ ޑީއެންއޭ ރިލްވާންއާ ވަނީ ދިމާވެފަ އެވެ. 

ޓްވިޓާގައި، "ބަސްނާހާ ލިޔުންތެރިޔާ" ނަންދީފައިވާ ޔާމީން ރަޝީދަކީ ދަ ޑެއިލީ ޕެނިކް ގެ އެޑީޓަރެވެ. ޔާމީންގެ ޓްވީޓަރ އެކައުންޓްގައި ރިލްވާން ގެއްލުމާ ގުޅޭގޮތުން އޭނާ ލިޔުނު ވަނީ ޕިން ކޮށްފައިވެއެވެ. 

 

ޔާމީން އެންމެ ފަހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރަތް ކުލައިގެ ފުއްޕާހަމެއް އެކަންޏެވެ. 

 

- ކޮމެންޓް
23 އޭޕްރިލް 2017 | އާދީއްތަ 16:42
ހައްވި
އެއީ މާކަނާ ޝޯގެ އަޑު އަޅާ ފައިވާ ޔާމީން ތަ، އެމަރުހޯމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށި.
23 އޭޕްރިލް 2017 | އާދީއްތަ 09:26
ކޮބާ ޢިންޓެލް ރިޕޯރޓް . ދޫ ހެލުވޭ ކޮންމެ ޒުވާނެއް ކަތިލަމުން ބަޔަކު ދާއިރުވެސް ވެރިކަމާ ބަގުޑި ބައްދާ ،
23 އޭޕްރިލް 2017 | އާދީއްތަ 09:15
ބަނާނާވަ ގްސޮއި
ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. . ޤާތިލުންނަށާއި ގަތުލު ހިންގުމުގެ ފަހަތުގަ ފޮރުވިގެން ތިބި ޖައްލާދުންނަށާއި އަމަން އާންމު ޤާއިމުކުރުމުގަ އިހުމާލުވެފައިވާ މީހުންނަށް ހައްޤު ޖަޒާ ﷲ ދެއްވާ އެމިހުން ފަޝީހަތް ކޮށް ބޭޒާރު ކޮއްދެއްވުންއެދި ﷲ އަށް ދުޢާ ދަންނަވަން. އަދިވެސް ތިބޭ ތެންކިޔު މެޑަމް ސުކްރިއްޔާ ޔާމީނު ކިޔަން
23 އޭޕްރިލް 2017 | އާދީއްތަ 09:15
ބަނާނާވަ ގްސޮއި
ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. . ޤާތިލުންނަށާއި ގަތުލު ހިންގުމުގެ ފަހަތުގަ ފޮރުވިގެން ތިބި ޖައްލާދުންނަށާއި އަމަން އާންމު ޤާއިމުކުރުމުގަ އިހުމާލުވެފައިވާ މީހުންނަށް ހައްޤު ޖަޒާ ﷲ ދެއްވާ އެމިހުން ފަޝީހަތް ކޮށް ބޭޒާރު ކޮއްދެއްވުންއެދި ﷲ އަށް ދުޢާ ދަންނަވަން. އަދިވެސް ތިބޭ ތެންކިޔު މެޑަމް ސުކްރިއްޔާ ޔާމީނު ކިޔަން
23 އޭޕްރިލް 2017 | އާދީއްތަ 08:34
ބަނާނާވަ ގްސޮއި
ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. . ޤާތިލުންނަށާއި ގަތުލު ހިންގުމުގެ ފަހަތުގަ ފޮރުވިގެން ތިބި ޖައްލާދުންނަށާއި އަމަން އާންމު ޤާއިމުކުރުމުގަ އިހުމާލުވެފައިވާ މީހުންނަށް ހައްޤު ޖަޒާ ﷲ ދެއްވާ އެމިހުން ފަޝީހަތް ކޮށް ބޭޒާރު ކޮއްދެއްވުންއެދި ﷲ އަށް ދުޢާ ދަންނަވަން