ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 21:19
ުއުރީދޫ މޯލްޑިވްސްގެ މައި އޮފީސް
ުއުރީދޫ މޯލްޑިވްސްގެ މައި އޮފީސް
މުހައްމަދު ޝަރުހާން
އުރީދޫގެ ކުއާޓަރލީ ރިޕޯޓް
އުރީދޫގެ ތިންވަނަ ކުއާޓަރގެ އާމްދަނީ 10.2 އިންސައްތަ ދަށަށް
ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 367.9 މިލިއަން ރުފިޔާ
ތިންވަނަ ކުއާޓަރުގައި ހަރަދުކޮށްފައި ވަނީ 292 މިލިއަން ރުފިޔާ
ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބިފައި ވަނީ 62 މިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާ އިރު، ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނު އާމްދަނީ 10.2 އިންސައްތަ ދަށަށް ގޮސްފިއެވެ.

އުރީދޫއިން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރގެ ފައިނޭޝަލް ރިޕޯޓް ދައްކާގޮތުން 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 409.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 367.9 މިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއިން ކުރި ހަރަދު ވަނީ ދަށްވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި 313.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހަރަދުކޮށްފައި ވަނީ 292 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބިފައި ވަނީ 62 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި ކުއާޓަރުގައި ލިބުނު 80 މިލިއަން ރުފިޔާގެ ފައިދާއާ އަޅާ ބަލާއިރު، 22.5 އިންސައްތައިގެ ދަށްވުމެކެވެ.

އުރީދޫއިން ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އާމްދަނީއަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

- ކޮމެންޓް