ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 22:03
ދިރާގުގެ މައި އިދާރާ ހުންނަ އިމާރާތް
ދިރާގުގެ މައި އިދާރާ ހުންނަ އިމާރާތް
ރާއްޖެއެމްވީ
ދިރާގުގެ ކުއާޓަރލީ ރިޕޯޓް
އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 586.8 މިލިއަން ރުފިޔާގެ އާމްދަނީއެއް
މޯބައިލް ރެވެނިއުގެ ގޮތުގައި ދިރާގަށް ވަނީ 329.8 މިލިއަން ރުފިޔާ ލިބިފައި
ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އިން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 242.3 މިލިއަން ރުފިޔާ
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބެނީ 158.6 މިލިއަން ރުފިޔާ

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 586.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދިރާގުން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރގެ ރިޕޯޓް ދައްކާގޮތުން 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯބައިލް ރެވެނިއުގެ ގޮތުގައި އެ ކުންފުންޏަށް 329.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސްއިން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 242.3 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 186.5 މިލިއަން ރުފިޔާ ދިރާގަށް ލިބޭ އިރު، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބެނީ 158.6 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 546.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 129.6 މިލިއަން ރުފިޔާއެވެ. އެހެންކަމުން ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ 22 އިންސައްތަ އިތުރުވެފައެވެ.

- ކޮމެންޓް