ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށާއި ފަނޑިޔާރުންނަށް އަމާޒުކޮށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ފަރާތެއް ކަމަށްވާ އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް އަމާޒު ކޮށްފިއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލް ގައި ކުރިން މަސައްކަތް ކުރެއްވި އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރު އައްބާސް ވިދާޅުވީ، ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް އަދި ފަނޑިޔާރުންވެސް ރައްކާތެރި ހިޔާވެއްސެއްގައި އަބަދަށް ދެމި ތިއްބެވޭނެ ކަމަށް ދެކެވަޑައިގަންނަވައިގެން ނުވާނެ ކަމަށާއި ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްއާއި ފަނޑިޔާރުންވަނީ ހަމަހަމަ ކަން ގާއިމު ކުރެއްވުމުގެ މަގުން ކައްސާލާފައި ކަމަށެވެ.
އައްބާސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ މާމިގިނލީ ދާއިރާގެ މެމްބަރު އޮނަރަބަލް ގާސިލް އިބްރާހިމް ކުއްލި ގޮތަކަށް ދެވަނަ ފަހަރަށް ފުލުހުން ހައްޔަރު ކޮށްގެން ގެންދިޔަ ދަނޑިވަޅުގައެވެ.
Maldives PG and judges are in breach of the principle of impartiality. They must not think they will be sheltered forever. #maldivesarrests
— Abbas Faiz (@tweetafaiz) April 21, 2017
ގާސިމް ހައްޔަރު ކުރި މައްސަލައިގައި އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ކުރީގެ ރައީސުން ކަމުގައިވާ، މައުމޫނު އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދުވެސް ވަނީ ގާސިމް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
އިންޓަރ ޕާލިމެންޓަރީ ޔޫނިއަން އިންވެސް ވަނީ ގާސިމް ހައްޔަރު ކުރި މައްސަލައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.