ޑިކްޓޭޓަރަކު ރައްޔިތުންނަށް އަލި މުސްތަގުބަލެއް ހޯދައި ނުދޭނެ ކަމަށާއި، މާޒީން ފިލާވަޅު ދަސްކުރަން ޖެހޭ ކަމަށް ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިކްޓޭޓަރަކު ރައްޔިތުންނަށް އަލި މުސްތަގުބަލެއް ހޯދައިދީފާނެ ކަމަށް އިތުބާރު ކޮށްގެން ނުވާނެ ކަމަށާ، ދިވެހި ރައްޔިތުން މާޒީގެ ތަޖުރިބާއިން ފިލާވަޅު ދަސްކުރަން ޖެހޭ ކަމަށެވެ.
You simply can't trust a traitor & a brutal dictator to deliver a brighter future. Maldivians need to learn from the past experiences.
— Niyaz Ibrahim (@niyaz_ibrahim) April 22, 2017
ވަކި ފަރާތަކަށް ނިސްބަތް ނުކޮށް، ރައްޔިތުންނަށް ދެއްވި ނަޞޭހަތެއްގެ ގޮތުގައި ނިޔާޒް މިފަދަ ޓްވީޓްއެއް ކުރައްވާފައިވާއިރު، ފަހަކަށް އައިސް ނިޔާޒް ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޚާއްސަކޮށް ސަރުކާރާއި މެދު ކުރެވޭ ކޮރަޕްޝަންގެ ތުޙުމަތުތަކާއި ގުޅޭގޮތުން ނިޔާޒް ގެންދަވަނީ ސޯޝަލް މީޑީއާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަފުޅު ދައްކަވަމުންނެވެ.
Ekkameh thakurarukoh misarukaarun kuraathan fennanee ebeyfulhun gengulhuvvaa "athuga heykenya dhathuga heykeyne" falsafaage dhashun.
— Niyaz Ibrahim (@niyaz_ibrahim) April 10, 2017
It's like cancer. Current regime is a good example for everyone of us how corruption ruins our lives and cripple the system of governance
— Niyaz Ibrahim (@niyaz_ibrahim) April 10, 2017
YPPM akee siyaasee fikurehnoon. Siyaasee fakureh. Vakkankoh quamu lootuvaalaa naathahyzeeb jaahiliyyathuge usoolu fathuraa mududhaaru baeh. https://t.co/KHsZ2Jqik4
— Niyaz Ibrahim (@niyaz_ibrahim) March 25, 2017
ދިވެހި ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ، 'ސްޓީލިންގ ޕެރަޑައިސް' އަށް އިންޓަރވިއުވެސް ދެއްވާފައިވާ ނިޔާޒް، އޯޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވަނިކޮށް، އެބޭފުޅާ އެ މަޤާމުން ދުރުކޮށްފައިވަނީ، ނިޔާޒް މަޤާމުން ވަކިވާގޮތަށް، ރައްޔިތުންގެ މަޖިލީހުން، އެއްރެއެއްގެ ދަންވާން ގާތްވެފައިވަނިކޮށް އޯޑިޓް ޤާނޫނަށް ގެނައި އިސްލާހަކުންނެވެ.
ނިޔާޒް މަޤާމުން ވަކިކުރީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއިމެދު ނިޔާޒް ހިތްހަމަނުޖެހިވަޑައިގެން އެކަން ރައިސާއި ހިއްސާކުރައްވާފައިވަނިކޮށް، ސަރުކާރުގެ ތެރެއިން އެކި ބޭފުޅުން، އެބޭފުޅުންގެ ކޮރަޕްޝަން ފޮރުވުމަށް ކަމަށް އޭރު ތުޙުމަތު ކުރެވިގެން ދިޔައެވެ.