ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 05:45
މަޖީދީ މަގުގައި ހުޅުވި ރަންފައުން ފިހާރަ
މަޖީދީ މަގުގައި ހުޅުވި ރަންފައުން ފިހާރަ
ރާއްޖެ އޮންލައިން
ރަންފައުންގެ ފިހާރަ ހުޅުވުން
އޮންލައިން ވިޔަފާރިއަށް މަޝްހޫރު ރަންފައުންގެ ފިހާރަ ހުޅުވައިފި
ވިޔަފާރި އިތުރަށް ފުޅާކުރުމަށް އަންނަނީ ވިސްނަމުން
ފިހާރައިން ލިބެން ހުރި ޕްރޮޑަކްޓްތައް އޮންލައިންކޮށް ވެސް ލިބޭނެ

ރަންފައުން ޕްރައިވެޓް ލިމިޓެޑްގެ ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ރަންފައުން ފިހާރަ ކުރިމަތީ އޮތް ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައަމްދު މަލީހް ޖަމާލެވެ.

ފިހާރަ ހުޅުވުމަށްފަހު "ރާއްޖެ އެމްވީ" އާއި ވާހަކަދައްކަމުން ރަންފައުންގެ ޝެއަރ ހޯލްޑަރ މުހައްމަދު ޝާފިއު ބުނީ މި ވިޔަފާރިއަކީ އޮންލައިންއަށް ބޭސްކޮށް ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި، އެންމެ ފުރަތަމަ ވިޔަފާރި ފެށީ އޮންލައިންކޮށް ޕީއެސް 2 ގެ ޖޮއިސްޓިކް ވިއްކައިގެން ކަމަށެވެ. އަދި އެއިން ލިބުނު ފައިދާއިން އިތުރު ޕްރޮޑަކްޓްތައް ވިއްކަންފެށި ކަމަށާއި، އަދި އެންމެ ފުރަތަމަ ހުޅުވި ފިހާރަކީ 6 ފޫޓު 6 ފޫޓުގެ ކުޑަ ފިހާރައެއް ކަމަށެވެ. އޭގެ ފަހުން އިތުރު ފިހާރައެއް ހުޅިވި ކަމަށާއި، މިއީ ރަންފައުންގެ ތިން ވަނަ ފިހާރަ ކަމަށެވެ.

ރަންފައުން ފިހާރައިން ލިބޭ ޕްރޮޑަކްޓްގެ ތެރޭގައި ޓީވީ، އޭސީ، އިލެކްޓްރޯނިކް ސާމާނު، ގޭ ތެރޭގެ ބޭނުންތަކަށް ބޭނުންވާ ސާމާނު އަދި ސެންޓްފަދަ ތަކެތި ލިބެން ހުރެއެވެ.

ރަންފައުންގެ ޝެއަރ ހޯލްޑަރ މުހައްމަދު ފާތިހް ބުނީ ފިހާރައިން ލިބެން ހުރި ހުރިހާ ސާމާނެއް އެ ފިހާރައިގެ ވެބްސައިޓް ކަމަށްވާwww.ranfaun.comއިން އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށެވެ.

ފާހިލް އިތުރަށް ބުނީ ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށާއި، އުންމީދަކީ ކުރިއަށް އޮތްތަނުގައި ވިޔަފާރި އިތުރަށް ފުޅާވެގެން ދިއުން ކަމަށެވެ.

- ކޮމެންޓް
30 އޮކްޓޯބަރ 2020 | ހުކުރު 13:06
ޢަސްމާ
ޜަންފައުނުން ގަންނަ ތަކެއްޗަކީ ވަރަށް ރަނގަޅު ކޮލިޓީ ތަކެތި ކަމަށް އަޅުގަޑައް ޤަބޫ ލުކުރެވޭ
30 އޮކްޓޯބަރ 2020 | ހުކުރު 13:06
ޢަސްމާ
ޜަންފައުނުން ގަންނަ ތަކެއްޗަކީ ވަރަށް ރަނގަޅު ކޮލިޓީ ތަކެތި ކަމަށް އަޅުގަޑައް ޤަބޫ ލުކުރެވޭ
30 އޮކްޓޯބަރ 2020 | ހުކުރު 13:06
ޢަސްމާ
ޜަންފައުނުން ގަންނަ ތަކެއްޗަކީ ވަރަށް ރަނގަޅު ކޮލިޓީ ތަކެތި ކަމަށް އަޅުގަޑައް ޤަބޫ ލުކުރެވޭ
30 އޮކްޓޯބަރ 2020 | ހުކުރު 10:49
ާސަހަރޯ
ސަޅިއޭ