ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 19:25
ގާސިމް  ފުލުސް އޮފީހަށް ސުވާލު ކުރުމަށް ގެންގޮސް
ގާސިމް ފުލުސް އޮފީހަށް ސުވާލު ކުރުމަށް ގެންގޮސް
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރުކުރި މައްސަލަ
ގާސިމަކީ އެމްޑީޕީ ފައުންޑަރ މެންބަރެއް، ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ނަޝީދު
އެމްޑީޕީއަށް ގުޅުނު އެންމެ ފުރަތަމަ މެންބަރުންގެ ތެރޭގައި ގާސިމް ހިމެނޭ

ގާސިމަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ސޮއި ކުރި މީހުންގެ ލިސްޓްގައި ހިމެނޭ ބޭފުޅެއް ކަމަށާއި ގާސިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާ އެކު ކަމަށާއި އެމްޑީޕީގައި އިސްވެ ސޮއި ކުރި އެއް ބޭފުޅަކީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ގާސިމްއާ އެކު ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ގާސިމް ކުއްލިގޮތަކަށް ދޫނިދޫއަށް ގެންގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދުމަކަށެވެ. ހުކުރު ދުވަހު ވަނީ ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދުގެ މުއްދަތު 15  ދުވަހަށް އިތުރުކޮށްފަ އެވެ.

 

ގާސިމް ހައްޔަރުކޮށްފައިވާ އިރު މީގެ ކުރިން ވެސް އޭނާ ވަނީ ރިޝްވަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ގާސިމް ހައްޔަރުކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުވާތީ، ގާސިމް ހައްޔަރު ކުރުމުގެ ތެރެއިން ފުލުހުންކޮށްފައިވާ ހުރިހާ ކަމެއް ބާތިލް ވާނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ގާސިމްގެ ހައްޔަރާއި ގުޅިގެން ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައިވަނީ ގާސިމް ކުށްލިގޮތަކަށް ހަށްޔަރު ކުރީ ކުރިންވެސް ތުހުމަތު ކުރެވުނުފަދަ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވާފައިވާ މައްސަލައެއްގައި ކަމަށެވެ.

ގާސިމް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް އަތުލާފަ އެވެ.

- ކޮމެންޓް
22 އޭޕްރިލް 2017 | ހޮނިހިރު 22:39
Akuni
Thimanna amihlaya salaamai nuvevigen ulhey meehakah ehenmeehaku salaamai kureveynee monuments.