ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 13:22
ބާރަތް ކުންފުނިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ވެކްސިން
ބާރަތް ކުންފުނިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ވެކްސިން
ގޫގުލް
ބާރަތް ބަޔޮޓެކުން އުފައްދާ ވެކްސިން
ބާރަތް ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ ތިންވަނަ މަރުހަލާ އަށް ހުއްދަ ދީފި
28،500 މީހުން ބައިވެރިވާނެ
ބޮޑެތި ސިޓީތަކުގައި ކުރިޔަށް ގެންދާނެ
އަންނަ އަހަރުގެ ކުރިން ވެކްސިން ނުނެރެވޭނެ

ކޮވިޑް-19 ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އަމިއްލަ ކުންފުނި، ބާރަތު ބަޔޯޓެކް އާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް ގުޅިގެން ހިންގާ ޓްރަޔަލްތަކުގެ ތެރެއިން ތިން ވަނަ ޓްރަޔަލް ކުރިޔަށް ދިޔުމުގެ ހުއްދަ ދީފިއެވެ،

ފޭސް 3 ގެ ޓްރަޔަލް ކުރިއަށް ގެންދިއުމަށް ހުއްދަ ހޯދުމަށް ޑްރަގްސް ކޮންޓްރޯލް ޖެނެރަލް އޮފް އިންޑިއާގައި އެދިފައި ވަނީ އޮކްޓޫބަރ މި މަހުގެ ދެވަނަ ދުވަހުއެވެ.

ބާރަތް ކުންފުނިން ބުނެފައިވާ ގޮތުން ފޭސް 3 ގެ ޓްރަޔަލް ގައި 28،500 މީހުން ބައިވެރިވާނެ ކަމަށެވެ. 18 އަހަރުން މަތީގެ ވޮލެންޓިއަރުންނާ އެކު ކުރިޔަށްގެންދާ ޓްރަޔަލް ގައި އިންޑިއާގެ 10 ސްޓޭޓެއްގެ 19 ސަރަހައްދަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ދިއްލީ، މުމްބާއީ، ޕަޓްނާ އަދި ލަކްނައު ހިމެނެއެވެ.

ޖަނަވާރުން ގަޔަށް ވެކްސިން ޖަހައިގެން ކުރިއަށް ގެންދިޔަ ޓްރަޔަލް ތަކުން ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ވަނީ ކަށަވަރުވެފައެވެ. ވެކްސިން އޮގަސްޓް 15 ގައި މާކެޓަށް ނެރެވޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިންޑިއާގެ މަޖިލީހުގެ ކޮމެޓީ އަކުން މިފަދަ ވެކްސިނެއް އަންނަ އަހަރުގެ ކުރިން މާކެޓަށް ނުނެރެވޭނެ ކަމަށް ބުނެފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ ފަހުން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް