ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 09:33
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން
އިޒްރޭލުން އުފައްދާ ކޮވިޑް ވެކްސިން
ކޮވިޑް-19: އިޒްރޭލުން މި މަހުގެ ފަހުކޮޅު ވެކްސިންގެ ހިއުމަން ޓްރަޔަލް ފަށަނީ
އިޒްރޭލުން ވެކްސިން އެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު
މި ވެކްސިން އަށް ދެވިފައިވާ ނަމަކީ 'ބްރީލައިފް'

އިޒްރޭލުން މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ކޮވިޑް-19 ވެކްސިންގެ ހިއުމަން ޓްރަޔަލް ފަށާނެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިޒްރޭޒުލް ކޮވިޑަށް އުފައްދަމުންދާ ވެކްސިން 'ބްރީލައިފް' ގެ ހިއުމަން ޓްރަޔަލްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅެއެވެ. މި ވެކްސިން އުފެއްދުމުގެ މަސައްކަތް އެގައުމުގައި ކުރަމުންދަނީ ސިވީލިއަން އޯރގަނައިޒޭޝަން އެއް ކަމަށްވާ އެގައުމުގެ އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ރީސަރޗް (އައިއައިބީއާރު) ންނެވެ.

އިޒްރޭލުން މި މަހުގެ ފަހުކޮޅު ތިން ވަނަ ޓްރަޔަލް ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު އެގައުމުން ވަނީ ކޮވިޑަށް ވެކްސިންއެއް ތައްޔާރުކުރެވިފައިވާ ކަމަށް އޮގަސްޓް މަހު ބުނެފައެވެ.

ހިއުމަން ޓްރަޔަލްތައް ކުރިއަށްދާނީ ކިހާ ދުވަހަކަށް ކަމެއް އެގައުމުގެ ސަރުކާރުންނެއް ހާމަކޮށްފައެއް ނުވެއެވެ. އިޒްރޭލުން ވެކްސިން އެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް