ކ. މާލެ
|
20 އޮކްޓޯބަރ 2020 | އަންގާރަ 01:25
ޖަރުމަނުގެ ސައިންސްވެރިން  ވަނީ އިމާރާތުގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ކޮވިޑުން ސަލާމަތްވެވޭނެ ކަމަށް ބުނެފައި
ޖަރުމަނުގެ ސައިންސްވެރިން ވަނީ އިމާރާތުގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ކޮވިޑުން ސަލާމަތްވެވޭނެ ކަމަށް ބުނެފައި
ގެޓީ އިމޭޖަސް
ވެންޓިލޭޝަން ރަނގަޅު ކުރުން
ޖަރުމަނު ސަރުކާރުގެ އިމާރާތްތަކުގެ ވެންޓިލޭޝަން ރަނގަޅު ކުރަނީ
އިމާރާތްތަކުގެ ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅު ކުރުމަށް 500 މިލިއަން ޔޫރޯގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި
ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅުކުރުމަށް ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި، ސަރުކާރު އޮފީސްތަކާއި، ދާރުލްއާސާރުތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ސްކޫލްތައް ހިމެނޭ

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ ޖަރުމަންވިލާތުން އެ ގައުމުގެ ސަރުކާރު އޮފީސްތަކުގެ ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅު ކުރަން ނިންމައިފިއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، ޖަރުމަނުގެ ސަރުކާރު އިމާރާތްތަކުގެ ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅު ކުރުމަށް 500 މިލިއަން ޔޫރޯގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ގައުމުގެ ސަރުކާރުން ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅު ކުރުމަށް ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި، ސަރުކާރު އޮފީސްތަކާއި، ދާރުލްއާސާރުތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ސްކޫލްތައް ހިމެނެއެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު އިމާރާތްތަކުގެ ވެންޓިލޭޝަން ސިސްޓަމްތައް ރަނގަޅުކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޖަރުމަނުގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުންނަމަ، އިމާރާތްތަކުގެ ވެންޓިލޭޝަން ސިސްޓަމް ރަނގަޅު ކޮށްގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެހީވާނެ ކަމަށް ބުނެފައިވާތީ އާއި، ކުރިން ހުރި ވެންޓިލޭޝަން ސިސްޓަމްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ.

ޖަރުމަނަކީ މުޅި ދުނިޔެ އިން 18 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް