ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 05:18
ކޮވިޑްގެ ސާމްޕަލްއެއް: ދާދިފަހުން ކޮވިޑް ޓެސްޓުގެ ނަތީޖާ 15 މިނެޓުން ލިބޭ ޓެސްޓު ކިޓްތަކެއް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ
ކޮވިޑްގެ ސާމްޕަލްއެއް: ދާދިފަހުން ކޮވިޑް ޓެސްޓުގެ ނަތީޖާ 15 މިނެޓުން ލިބޭ ޓެސްޓު ކިޓްތަކެއް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ
ކޮވިޑް-19ށް ޓެސްޓުކުރުން
ކޮވިޑް-19: ފަސް މިނެޓުން ނަތީޖާ ލިބޭ ކޮވިޑް ޓެސްޓު ކިޓްތަކެއް އީޖާދުކޮށްފި
މި ކިޓްތަކުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް 2021 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އުއްމީދުކުރޭ
ޔުނިވަރސިޓީން ބުނީ މި ޑިވައިސްތަކުން ވައިރަސް ހުރިތޯ ނުވަތަ ނޫންތޯ، ކަށަވަރުކުރޭނެކަމަށް

ފަސް މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް-19 ޓެސްޓު ކިޓްތަކެއް އީޖާދުކޮށްފިއެވެ.

މި ކިޓުތައް އީޖާދު ކުރީ އޮކްސްފޯރޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން ތަކެކެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއަރޕޯޓުތަކުގައި މާސް ޓެސްޓިންގް ޕްރޮގްރާމްތަކަށް މި ޓެސްޓު ކިޓްތައް ބޭނުން ކުރެވޭނެއެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީން ބުނީ މި ކިޓްތަކުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް 2021 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެ ޔުނިވަރސިޓީން ބުނީ މި ޑިވައިސްތަކުން ވައިރަސް ހުރިތޯ ނުވަތަ ނޫންތޯ، ކަށަވަރު ކުރޭނެ ކަމަށެވެ. އަދި އަގުވެސް ހެޔޮވާނެ ކަމަށެވެ.

ދާދިފަހުން ކޮވިޑް ޓެސްޓުގެ ނަތީޖާ 15 މިނެޓުން ލިބޭ ޓެސްޓު ކިޓްތަކެއް ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް