ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 03:50
ރާއްޖެއަށް އައި އިންޑިއާގެ ނޫސްވެރިންތައް
ރާއްޖެއަށް އައި އިންޑިއާގެ ނޫސްވެރިންތައް
އެމްއެމްޕީއާރްސީ
ފަތުރުވެރިކަން އިސްތިހާރު ކުރުން
އެމްއެމްޕީއާރްސީ އިން ފޭމް ޓްރިޕްތައް އަލުން ފަށައިފި
ނޫސްވެރިންގެ ތަޖުރިބާ ހިއްސާކުރާނެ
ރާއްޖޭގެ ވެށީގެ ވާހަކަތައް ނޫހުގައި ޝާއިއު ކުރެވިގެންދާނެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބޭރުގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް (ފޭމް ޓްރިޕް)ތައް އަލުން ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެމްއެމްޕީއާރްސީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޓްރިޕްތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިތުރުވާ ބޮޅެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ފޭމް ޓްރިޕްގެ ދަށުން އެންމެ ފުރަތަމަ އިންޑިއާގެ 5 ނޫސްވެރިއަކު ރާއްޖެއަށް އައިސްފައިވާއިރު، މި ދަތުރުގައި ރާއްޖޭގެ ވެއްޓާއި، ރީތިކަމުގެ ވާހަކައިގެ އިތުރުން ނޫސްވެރިންގެ ތަޖުރިބާ އިންޑިއާގެ ދަ ޕައިނިޔާ، ޓައިމްސް ޓްރެވެލް، ހިންދުސްތާން ޓްރެވެލްސް، އަދި ކޮންޑެނާސްޓް އިންޑިއާ ނޫހުގައި ޝާއިއު ކުރާނެއެވެ.

މި ފޭމް ޓްރިޕްތައް ކުރިއަށް ގެންދާނީ "ރީ ޑިސްކަވަރ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ތީމްގެ ދަށުންނެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވުމާއިއެކު ރާއްޖޭގެ ބޯޑަރު 27 މާރިޗު 2020 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވެފައި، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ.

ބޯޑަރު ބަންދު ކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވި ފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، 15 ޖުލައި 2020 ގައި ރާއްޖެ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ގިނަ ޕްރޮމޯޝަން ހިންގުމުގެ އިތުރުން ރާއްޖެ މާކެޓް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

- ކޮމެންޓް