Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 08:22
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ޤާސިމް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ޤާސިމް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
މުހައްމަދު ޝަރުހާން
ސިޔާސީ ޕާޓީތަކުގެ ޖަލްސާ
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
ވެރިކަމުގެ ގާނޫނީ ސައްހަ ކަމެއް ނެތް
ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރު ރައީސް ޔާމީން އެބައޮތް
ވެރިކަމުގެ ހުންނަން ރައީސް ޔާމީން ލަދުގަންނަންޖެހޭ

ރައީސް އަބްދުﷲ ޔާމީނަން ކެރިވަޑައިގަންނަވާނަމަ ވެރިކަމުގައި ސައްހަކަން ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށްޓަކައި މަސައްކަތްކުރެއްވި ރައީސް މައުމޫން އަބްދުﷲ ގައްޔޫމާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން އެމަނިކުފާން ކުރެއްވި ތާއިދު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. މިއަދު ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެބޭފުޅުން މަސައްކަތް ކުރާއިރު އެމަނިކުފާންގެ ވެރިކަމުގެ ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

 

"މި ސަރުކާރުގެ ލެޖިޓިމެސީ އޮތީ ކޮންތާކުތޯ، މި ސަރުކާރުގެ ލެޖިޓިމެސީއެއް ނެތޭ، ހަމަ ކަށަވަރުތޯ ލެޖިޓިމެސީ ނެތް ކަން ދެއްތޯ" ގާސިމް ވިދާޅުވިއެވެ.

 

ރައީސް ޔާމީނަން ތާއިދު ކުރައްވާކަމަށް ވިދާޅުވާ ގިނަ މެމްބަރުން މަޖިލީހުގައި ތިއްބެވިކަމަށް އިޝާރަތް ކުރެއްވުމަށް ފަހު، ގާސިމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރު އެމަނިކުފާނަން އެބައޮތް ނެވިކަމަށެވެ.

 

"ކެރިވަޑާއިގަންނަވާ ކަމުގެ ވާނަމަ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ވޯޓެއް ނަންގަވަން ވީތޯ. ލެޖިޓިމެސީ ލިބިވަޑާއިގަންނަވާތޯ ބެއްލެވުމަށް" ގާސިމް ވިދާޅުވި އެވެ.

 

ރައީސް ޔާމީންގެ ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން އެމަނިކުފާނަން ކުރެއްވި ތާއިދު އަބުރާ ގެންދިއުމުން މިހާރު ފެނިގެންދަނީ، އެބޭފުޅުން ފުލުހުންގެ އިދާރާއަށް ތާފާތު އެކި ތުހުމަތުތަކުގައި ގެންދަވާތަންކަމަށް ޤާސިމް ވިދާޅުވި އެވެ. އެގޮތުން ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކޮރަޕޮޝަންގެ މައްސަލައެއްގެ ތުހުމަތުގައި ފުލުސް އޮފީހަށް ހާޒިރުކުރާކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަން އެމަނިކުފާން ލަދު ގަންނަވަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

 

"އަޅުގަނޑު ދަންނަވާލާނީ ހަޔާތުގެ ކުޑިފަށެއްވެސް ހުރި އިންސާނަކު ވެސް ނުހުންނާނެ ވެރިކަމުގައި" ރައީސް ޔާމީނަން އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް