ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 07:18
ޑަބްލިއުއެޗްއޯގެ އިމަރޖެންސީގެ އޮޕަރޭޝަންސް ޗީޕް މައިކް ރަޔަން
ޑަބްލިއުއެޗްއޯގެ އިމަރޖެންސީގެ އޮޕަރޭޝަންސް ޗީޕް މައިކް ރަޔަން
އަލްޖަޒީރާ
ކޮވިޑް-19، ދުނިޔެ
ދުނިޔޭގެ އާބާދީގެ 10 އިންސައްތައަށް ކޮވިޑު ޖެހިފައިވާ ކަމަށް ބެލެވޭ: ޑަބްލިއުއެޗްއޯ
މިހާތަނަށް 36 މިލިއަނާ ގާތް ކުރާ އަދަދަކަށް ވަނީ ރިޕޯޓުކުރެވިފަ
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ގާއިމުކުރެވިފައި

ދުނިޔޭގެ އާބާދީގެ 10 އިންސައްތައަށް ކޮވިޑު-19 ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށް ބެލެވޭ ކަމަށް ވަރލްޑް ހެލްތު އޯރގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ 36 މިލިއަނާ ގާތް ކުރާ އަދަދަކަށް ކޮވިޑު ކޭސްތައް ރިޕޯޓު ކުރެވިފައިވަނިކޮށެވެ.

ޑަބްލިއުއެޗްއޯގެ އިމަރޖެންސީގެ އޮޕަރޭޝަންސް ޗީޕް މައިކް ރަޔަން ވިދާޅުވެފައިވަނީ ދުނިޔޭގެ އާބާދީގެ 10 އިންސައްތަ އަށް ވައިރަސް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވައިރަސް ފެތުރޭ މިންވަރު ތަފާތު ކަމަށާއި އެހެންނަމަވެސް، އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ވައިރަހުގެ ނުރައްކާ ބޮޑު ކަމަށެވެ.

ޔޫރަޕާއި ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކޮވިޑު ފެތުރި، މަރުތައް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ ރަޔަން ވިދާޅުވީ އެފްރިކާގެ ގައުމުތަކުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

ކޮވިޑް ޕެންޑެމިކް އަކީ ބަދަލުވަމުން އަންނަ އެއްޗެއްކަން ފާހަގަކުރައްވާ ރަޔަން ވިދާޅުވީ މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ގާއިމުކުރެވިފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް