Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 00:12
އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ
އަބުރުފުޅު ފަންޑަށް ފައިސާ ހަދިޔާކުރަނީ
ރާއްޖެއެމްވީ
ރާއްޖެޓީވީ އަބުރުފުޅު ފަންޑު
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
މިފައިސާ ހަދިޔާކޮށްފައިވަނީ އަބުރުގެ ގާނޫނަށް ދެކޮޅު ހެދުމުގެ ގޮތުން
ރާއްޖެޓީވީ އަބުރުފުޅު ފަންޑު ހުޅުވާފައިވަނީ، އެއްމިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން

އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި، ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް ކާށިދޫ ދައިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

 

ރާއްޖެޓީވީއަށް 50 ހާސް ރުފިޔާ ހަދިޔާކުރީ އަބުރުގެ ގާނޫނާއި ދެކޮޅު ހެދުމަށާއި ނޫށްވެރިކަމުގެ މިނިވަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ޖާބިރުގެ ފަރާތުން މި ފައިސާ ރާއްޖެޓީވީއަށް ހަދިޔާކުރީ ޔޮޓްޓޫއާސްގެ ލީގަލް ޑިޕާޓްމެންޓްގެ އޮފިސަރު ސައްފާނު ހަލީލެވެ.

 

ބްރޮޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ. އަދި އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ، އަންގާފަ އެވެ

 

ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

 

ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.  އެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ވަނީ ދައްކާފަ އެވެ.

 

 ރާއްޖެޓީވީން އިސްނަގައިގެންވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މިޑިއާތަކަށް ހުރަސްއަޅަމުންދާތީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ވެސް އެކުލަވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް