Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 23:25
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން
ރާއްޖެއެމްވީ
މައުމޫނުގެ ޕީއޭ
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން
ޕާސްޕޯޓް ކެންސަލްކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
އިންޓަޕޯލް ވެބްސައިޓުގައި އޭނާގެ މައުލޫމާތު އަދި ޝާއިއު ނުކުރޭ

ފުލުހުން ހޯދުމަށް އިއުލާނުކޮށްފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލް ކޮށް، އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

 

މ. ހިމްމިޔާ، އަހުމަދު ސޮފްވާން އަކީ ރައީސް މައުމޫންގެ ޕާސަނަލް ސެކެރެޓަރީގެ އިތުރުން، ޕީޕީއެމްގެ ކައުންސިލް މެމްބަރެއްވެސްމެ އެވެ.

 

ސޮފްވާން ހޯދުމަށް ފުލުހުން އިއުލާނުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭނާ ހޯދަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ބުދަ ދުވަހު ފުލުހުން ބުނީ ތަހުގީގަށް އެއްބާރުލުން ދީފައިނުވާ މައްސަލައާ ގުޅިގެން ސޮފްވާނުގެ ޕާސްޕޯޓް އިމިގްރޭޝަން މެދުވެރިކޮށް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސޮފްވާނު ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން އެދިފައިވީ ނަމަވެސް، އަދި މިހާތަނަށް އިންޓަޕޯލްގެ ވެބްސައިޓުގައި އޭނާ ހޯދުމަށް އިއުލާނުކޮށްފައި ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް