Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 23:07
އަތޮޅުވެއްސަށް ވަދެވަޑައިގަތުމުގެ ކުރިން ނަދީމް މީޑިއާއަށް މައުލޫމާތު ދެއްވަނީ
އަތޮޅުވެއްސަށް ވަދެވަޑައިގަތުމުގެ ކުރިން ނަދީމް މީޑިއާއަށް މައުލޫމާތު ދެއްވަނީ
އަޒުމޫން އަހުމަދު
ނަދީމް ފުލުހަށް
ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި
ނަދީމްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްސަލައަކަށް
ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ކޯޓުން އަމުރު
ކޯޓަށް ހާޒިރުވުމަށް މީގެ ކުރިން އަންގާފައެއް ނެތް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ޝަރުތަކާއެކު ދޫކޮށްލައިފި އެވެ.

 

މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ނަދީމް ފުލުހުންގެ ބެލުމުގެ ދަށަަށް ގެންދިޔައީ، ސިވިލް ކޯޓުގައި ހިންގަމުންދާ ޝަރީއަތަަކަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރުކޮށްދިނުމަށް ކޯޓުން އަމުރު ކުރުމުންނެވެ. ނަދީމް ދޫކޮށްލާފައިވަނީ އަތޮޅުވެހީގައި ގަޑިއެއްހާއިރު ބެހެއްޓުމަށް ފަހުގަ އެވެ.

 

ނަދީމް ހާޒިރުކުރަން އަމުރުކޮށްފައިވަނީ އޭނާގެ ހިއްސާ އޮންނަ ވަން އެންޑް ހާފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ދިރާގުން ކޮށްފައިވާ ދައުވާއެއްގެ ޝަރީއަތަށެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނަދީމްގެ ގަނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ ނަދީމް ދޫކޮށްލީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:45 އަށް ފުލުހަށް ހާޒިރުވުމަށް ޝަތުރުކުރުމަށް ފަހު ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ބުރާސްފަތި ދުވަހު އޮންނަ އެ މައްސަލައިގެ ޝަރީއަތަށް އޭނާ ކޯޓަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މަހުފޫޒް ވިދާޅުވީ މީގެ ކުރިން ނަދީމަަށް ކޯޓަށް ހާޒިރުވުމުގެ ޗިޓެއް ވެސް ލިބިފައިނުވާ ކަމަށާއި، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާޒިރކުރަނީ ކޯޓަށް ހާޒިރުވުމަށް ކުރިން އެންގުމަކާ ނުލައި ކަމަށެވެ.

 

ނަދީމް ވަނީ ކުރިން ޗިޓް ފޮނުވަކާ ނުލައި އޭނާ ހާޒިރުކޮށްދޭން އަމުރުކޮށްފައިވާތީ ސިވިލް ކޯޓަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވާން އަންގާފައިނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ 11:30 ގައި އޮންނަ ޝަރީއަތަށް ހާޒިރުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް