Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 22:36
ސިމެންތި ސިއިލޯގެ ހޮޅި ފަޅައިގެން ގޮސް ސިމެންތި ބޭރުވަނީ
ސިމެންތި ސިއިލޯގެ ހޮޅި ފަޅައިގެން ގޮސް ސިމެންތި ބޭރުވަނީ
ޓްވިޓަރ
ވިލާ ކުންފުނި
ވިލާގެ ސިމެންތި ސައިލޯއެއްގެ ހޮޅި ފަޅައިގެން ގޮސް ސިމެންތި ބޭރުވެއްޖެ
ވަރަށް ބޮޑު ސަރަހައްދަކަށް ސިމެންތި ބޭރުވި
ބޯޓުން ސައިލޯއަށް ސިމެންތި ލޯޑްކުރާ ހޮޅިއަށް ދިމާވި މައްސަލައެއް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މައްސަލަ ހައްލުކުރި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ސިމެންތި ސައިލޯއެއްގެ ހޮޅި ފަޅައިގެން ގޮސް ވައިގެ ތެރެއަށް ސިމެންތި ބޭރުވެއްޖެ އެވެ.

 

ތިލަފުށީގައި ހުންނަ ވިލާގެ ސައިޓުގެ ސިމެންތި ސައިލޯއެއްގެ ހޮޅި ފަޅައިގެން ދިޔައީ ބުދަ ދުވަހުގެ މެންދުރު އެވެ.

 

ރާއްޖެއެމްވީއަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހޮޅި ފަޅައިގެން ގޮސް ވަރަށް ބޮޑު ސަރަހައްދަކަށް ސިމެންތި ބޭރުވެފައިވެ އެވެ.

 

ވިލާ ކުންފުނީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯޓުން ސައިލޯއަށް ސިމެންތި ލޯޑްކުރާ ހޮޅިއަށް ދިމާވި މައްސަލައަކާ ގުޅިގެން ވައިގެ ތެރެއަށް ސިމެންތި ބޭރުވި ކަމަށާއި، ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

 

ސިމެންސި ސައިލޯގެ ހޮޅި ފަޅައިގެން ގޮސްފައި މިވަނީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ގެ އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުންޏަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް