ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 00:39
ޓްރަމްޕްގެ ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޓްރަމްޕްގެ ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސީ.އެން.އެން
ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުން
ޓްރަމްޕް ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން އޮކްސިޖަންގެ ފަރުވާ ނެންގެވި!
ޓްރަމްޕް ވަޑައިގެންނެވީ މިލިޓަރީ ހޮސްޕިޓަލަކަށް
އެމަނިކުފާނުގެ ފުށުން ކޮވިޑުގެ އަލާމާތްތައް ފެނޭ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19ށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން އޮކްސިޖަންގެ ފަރުވާ ނެންގެވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކުރެއްވީ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ވަނީ އެމަނިކުފާނާއި އަނބިކަނބަލުން މެލާނިއާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ޓްރަމްޕް އުޅުއްވީ ނޭވާލުމަށް އުނދަގޫވާތީއެވެ. އެހެންކަމުން އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ވަޑައިގެންނެވީ މެރީލޭންޑްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށެވެ.

ނަމަވެސް، ޓްރަމްޕްގެ ހާލުކޮޅާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެއްވާ ޑޮކްޓަރު ފުރަތަމަ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނަށް އޮކްސިޖަންގެ ފަރުވާ ދެއްވިތޯ ކުރެވުނު ސުވާލުތަކަށް އޭނާ ޖަވާބެއް ދެއްވާފައެއްވެސް ނުވެއެވެ. އަދި އެމަނިކުފާނުގެ ފުށުން ކޮވިޑުގެ އަލާމާތްތައް ފެންނަތޯ ކުރެވުނު ސުވާލުތަކަށް ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ދާދިފަހުން ޓްރަމްޕް ކުރެއްވި ޓުވީޓެއްގައިވަނީ އިތުރު ފަރުވާއަށް ވަޑައިގެންނެވި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އެމަނިކުފާނުގެ ހާލުކޮޅުވެސް މިހާރު ރަނގަޅު ކަމަށް ބަޔާންކޮށް ޓުވީޓުގައި އިތުރަށް ވިދާޅުވީ ކޮވިޑާއޮ ދެކޮޅަށް މި ފާއިތުވި މަސްތަކުގައި ކުރެވުނު ހަނގުރާމައިގައިވެސް ބޮޑު ކުރިއެރުމަށް ހޯދާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް