Advertisement
ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 18:27
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެޓީވީގެ މައިކް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެޓީވީގެ މައިކް
ރާއްޖެއެމްވީ
ރާއްޖެޓީވީ
ފުލުހުން އަތުލި ރާއްޖެޓީވީގެ މައިކް ހޯދަން ހުށަހަޅައިފި
މައިކް ގެންދިޔައީ ނަސޭހަތެއް، އިންޒާރެއް ދިނުމެއް ނެތި
މައިކް ގެންދިޔައީ ކޯޓް އަމުރެއް ވެސް ދެއްކުމެއް ނެތި
މާލީ ދަތިކަމާއި އިކިއުޕްމެންޓްގެ ފަގީރުކަން ތަހައްމަލު ކުރަން ވަނީ ޖެހިފައި

އަންގާރަ ދުވަހުގެ ރޭ ސޯސަން މަގުގައި ކުރިއަށް ދިޔަ އެއްވުން ކަވަރކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެޓީވީގެ މައިކް އަނބުރާ ދިނުމަށް އެދިއްޖެ އެވެ.

 

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ސޮއިކުރައްވައި ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ މައިކް ގެންދިޔައީ ނަސޭހަތެއް، އިންޒާރެއް ދިނުމެއް ނެތި އަދި ކޯޓް އަމުރެއް ވެސް ދެއްކުމެއް ނެތި ކަމަށެވެ.

 

"މި ސްޓޭޝަނަކީ ސަރުކާރުން ކުރަމުންދާ ބޭއިންސާފު ޖޫރިމަނާތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް ނިކަމެތިވެ، މާލީ ދަތިކަމާއި، އިކިއުޕްމެންޓްގެ ފަގީރުކަން ތަހައްމަލުކުރަންޖެހިފައިވާ ސްޓޭޝަނެކެވެ،" ސިޓީގައިވެ އެވެ.

 

"މައިކް ނެތުމުގެ ސަބަބުން ދުވަހުން ދުވަހަށް ސްޓޭޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއު އަރައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާއްވާ އިވެންޓްތަކަށް ގެނެސްދިނުމަށް ހުރަސްއެޅި، މާލީ ގޮތުން އުފުލައި ނުގަނެވޭވަރުގެ ގެއްލުންތައް ވަމުންދާތީ، އޭޕްރީލް 18، 2017 ވަނަ ދުވަހުގެ ރޭ އަތުލައިގަނެގެން ގެންދިޔަ ރާއްޖެޓީވީގެ މައިކް ފުލުހުންގެ އިދާރާގައި ބޭއްވުމަށް ކޯޓަކުން އަމުރުކޮށްފައި ނުވާ ނަމަ، މައިކް ވަގުތުން ވަގުތަށް ދޫކޮށްދެއްވައި، އަޅުގަނޑުމެންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުން އެދި ދެންނެވީމެވެ."

 

ރާއްޖެޓީވީގެ މައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެއްވުން ރޫޅާލީ ޕެޕާ ސްޕްރޭ ޖަަހައިގެންނެވެ.  އެއްވުން ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ. ނަމަވެސް ގިނަ އިރެއް ނުވެ އެ މީހުން ދޫކޮށްލި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް