ފަތިހު ބަންގި ގޮވާތީ އުނދަގޫވާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަން ކުރި ޓްވީޓްތަކަށް ފަހު އޭނާ އަށް އެކި ފަރާތްތަކުން އިންޒާރުދެމުން ގެންދާނީ އޭނާގެ ގޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިއެވެ.
ސޯނޫ ކުރި ޓްވީޓްތަކުގައި ބުނެފައި ވަނީ ބަންގިއަކީ ދީނީ މަޖުބޫރުކުރުމެއް ކަމަށާއި އޭނާއަކީ މުސްލިމެއް ނޫން ކަމަށްވާއިރު ބަންގީގެއަޑަށް ފަތިހު ހޭލަންޖެހޭތީ ކަންބޮޑުވާ ކަމަށެވެ. އަދި އިންޑިއާގައި އެކަން ނިމޭނީ ކޮން އިރަކުންތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފެށުމާ އެކު އޭނާ ވަނީ ހިންގީ ފައްޅިތަކުންނާއި އެ ނޫން ވެސް އަޅުކަންކުރާ ތަންތަނުގައި ލައުޑް ސްޕީކަރު ބޭނުންކުރާތީ ފާޑުކިޔައި ޓްވީޓްތަކެއް ކޮށްފައެވެ.
މުމްބާއީގެ ވާސޯވާގައި ހުންނަ ސޯނޫގެ ގޭގައި ސެކިއުރިޓީ ބަލަހައްޓަން ފުލުހުން ފަށާފައިވާއިރު އޭނާ ވަގުތުން މަރާލަން ޖެހޭ ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ އޭނާ ކުރި ޓްވީޓަށް ރިޕްލައިކުރަމުން ބުނެފައެވެ.
މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ސޯނޫގެ މި ޓްވީޓްތަކަށް ވަނީ ރައްދު ދީފައެވެ. އެގޮތުންއިންޑިއާއަކީ ޑިމޮކްރަޓިކް ގައުމެއް ކަމަށްވާ އިރު ހުރިހާ ދީނުގެ މީހުންނަށް ވެސް އިހުތިރާމް ކުރުމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އެއް މުޖުތަމައުއެއްގައި ދިރިއުޅޭއިރު އެކިކަންތައްތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައި ވެއެވެ.
މިދިޔަ ހޯމަ ދުބވަހު ސޯނޫ ނިގަމް ކޮށްފައިވާ ޓްވީޓްތަކަށް ބަލާއިރުމިސްކިތްތަކެކޭ އެއްގޮތަށް ފައްޅިތަކާއި އަޅުކަންކުރާ އެހެން ތަންތަނުގައި ވެސް ލައުޑްސްޕީކަރު ބޭނުންކުރަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައި ވެއެވެ. އަދި އެއީ ގަދަބާރުން އަޅުކަންކުރުވުން ކަމަށް ސިފަކޮށްފައި ވެއެވެ. އަދި އަޑުގަދަކޮށް ބަންގިގޮވުން ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މި ޓްވީޓްތަކަށް ފަހު އޭނާ މެރުމަށާއި އެ ނޫން ވެސް ގޯނާތައް އޭނާ އަށް ކުރުމަށް އެކި ފަރާތްތަކުން ދަނީ ގޮވަމުންނެވެ.