ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 14:08
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި އެކްޓަރު ސޯނޫ ސޫދު
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި އެކްޓަރު ސޯނޫ ސޫދު
ފޭސްބުކް
ސޯނޫ ނިގަމް
ސޯނޫ ނިގަމް ކަމަށް ހީކޮށް ސޯނޫ ސޫދަށް އެއްޗެހި ކިޔައިފި
ބަންގި ގޮވާތީ އުނދަގޫވާ ކަމަށް ބުނީ ސޯނޫ ނިގަމް
ބައެއް މީހުން ވަނީ ޓްވީޓްތައް ކުރީ ސޯނޫ ސޫދު ކަމަށް ހީކޮށް އެއްޗެހި ކިޔާފައި
މީގެ ކުރިން ސްނެޕްޗެޓް އާއި ސްނެޕްޑީލް އޮޅުވާލައިގެން އެޕް އަންއިންސްޓޯލްކުރުމުގެ ކެމްޕެއިނެއް ވެސް ހިންގި

އަޑުގަދަކޮށް ބަންގި ގޮވާތީ އުނދަގޫވާ ކަމަށް ބުނެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ކުރި ޓްވީޓްތަކަކާ ގުޅިގެން ރުޅި އަރައިގެންފައިވާ ފަރާތްތަކުން އޭނާގެ ބަދަލުގައި މަޝްހޫރު ފިލްމީ ތަރި ސޯނޫ ނިގަމް އަށް އެއްޗެހި ކިޔައި އޭނާގެ ފިލްމްތައް ބޮއިކޮޓްކުރަން ނިންމައިފިއެވެ.

ޓްވިޓާގައި ސޯނޫ ސުއޫދު ޓެގްކޮށް އޭނާ އަށް ގިނަ ބަޔަކު އެއްޗެހި ކިޔަމުންދަނީ ދީނަށް ފުރައްސާރަވާ ގޮތަށް ޓްވީޓްތައް ކުރީ އޭނާ ކަމަށް ހީކޮށެވެ. ބައެއް މީހުންނަށް ނަން އޮޅުނު އިރު އަނެއް ބަޔަކު ހަގީގަތުގައި ވެސް ހީކޮށްފައި ވަނީ އެކަންކުރީ އޭނާ ކަމަށެވެ. އެހެން ކަމުން އޭނާގެ ފިލްމްތައް ބޮއިކޮޓްކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

މި ޓްވީޓްތަކުގައި އޭނާ ޓެގްކުރަން ފެށުމުން ސޯނޫ ސޫދު ކްރި ޓްވީޓެއްގައި ވެގެން އުޅެނީ ކިހިނެއްތޯ ސުވާލުކޮށްފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މިފަދަ ކަމެއް ވަނީ ހިނގާފައެވެ. އިންޑިއާއަކީ މާފަގީރު ތަނެއް ކަމަށާއި ސްނެޕްޗެޓަކީ މުއްސަނދިންގެ އެޕެއް ކަމަށް ދޭހަވާ ގޮތަށް ސްނެޕްޗެޓްގެ ބާނީ އިވާން ސްޕީގެލް ދެއްކި ވާހަކައަކާ ގުޅިގެން އިންޑިއާ މީހުން ރުޅިގަދަވެ ޓްވިޓާގައި އޮޅިގެން ސްނެޕްޑީލް އަށް އެއްޗެހިކިޔާފައި ވެއެވެ. އަދި ސްނެޕްޗެޓް އާއި ސްނެޕްޑީލް އޮޅި ގިނަ ބަޔަކު ވަނީ ރުޅިގަދަވެގެން ސްނެޕްޑީލްގެ އެޕް ފޯނުން ފުހެލާފައެވެ. އަދި ސްނެޕްޑީލް އެޕް އަންއިންސްޓޯލްކުރުމަށް ގޮވާލައި ޓްވިޓާގައި ބޮޑެތި ކެމްޕެއިންތައް ކޮށްފައި ވެއެވެ.  

ސޯނޫ ނިގަމް ދެއްކި ވާހަކަތަކާ ގުޅިގެން މުސްލިމުންގެ އިތުރުން ހިންދޫން ވެސް ވަނީ ރުޅިގަދަވެފައެވެ. އޭނާ މެރުމަށް ވެސް ބައެއް ގްރޫޕްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ވެސްޓް ބެންގާލްގެ ފަތުވާ ކޮމިޓީއެއް ކަމަށްވާ ވެސްޓް ބެންގާލް މައިނޯރިޓީ ޔުނައިޓެޑް ކައުންސިލްގެ ނައިބް ރައީސް ސައީދު ޝާ އާތިފް އަލީ އަލް ގުދާރީ ވަނީ ސޯނޫ ނިގަމްގެ ކަރުގައި ފައިވާނުގެ ހާރެއް އަޅުވައިގެން ހިންގުވި މީހަކަށް އޭނާގެ އަމިއްލަ ޖީބުން 10 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފައެވެ. އަދި ސޯނޫ ނިގަމްގެ ބޯ ބޭލުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި އެފަދަ މީހުން ގައުމުން ބޭރުކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމާ ދެކޮލަށް ކަލްކައްތާގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް